މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ށ. ފޯކައިދޫ ސްކޫލްގެ 8 ކިލާސްރޫމްގެ 2 ފަންގިފިލާގެ ޢިމާރާތުގެ މަސައްކަތް އަދި ށ. ނޫމަރާ ސްކޫލުގެ 2 ކިލާސްރޫމްގެ މަސައްކަތް ކުރުމާބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1. ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތް

ވެރިފަރާތް

ޕްރޮޖެކްޓް ނަންބަރު

ބިޑް ސެކިޔުރިޓީ އަދަދު

ށ. ފޯކައިދޫ ސްކޫލްގެ 8 ކިލާސްރޫމްގެ 2ފަންގިފިލާގެ ޢިމާރާތުގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-89

-/25,000ރ

ށ. ނޫމަރާ ސްކޫލުގެ 2 ކިލާސްރޫމްގެ މަސައްކަތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

TES/2016/W-88

-/10,000ރ

2. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަން ވާނެއެވެ.

3. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠުހަމަވާ ފަރާތްތަކަށެވެ.

GC01-1,GC01-2, GC01-4GC01-3

4. މި ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 07 އޮގަސްޓު 2016 އިން 21 ސެޕްޓެންބަރު 2016 އަށް،  ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓްގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ، މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

6. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 އޮގަސްޓު 18 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 އޮގަސްޓު 23 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ބީލަން ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : 3349191       3349106

ފެކްސް  : 3320706       3324432

އީމެއިލް : [email protected]

ކޮޕީ    : [email protected]

03 އޮގަސްޓް 2016
ހޯދާ