މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
މި ސާރވިސްގެ އޭސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެފަރާތެއް ހޯދުމަށް

އިޢުލާން

މި ސަރވިސްގެ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލޭ ޖަލާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރ އަދި އެމް.ސީ.އެސްގެ ހެޑް އޮފީހުގައި ހަރުކޮށްފައިވާ އެއަރކަންޑިޝަންތައް މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

11 އޮގަސްޓު 2016

ބުރާސްފަތި

10:00

އަންދާސީހިސާބު ހުށަހެޅުން

16 އޮގަސްޓު 2016

ބުދަ

10:00

29 ޝައްވާލް 1437

04 އޮގަސްޓް 2016
ހޯދާ