މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީއަށް، ތިރީގައިމިވާ ދެ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

01. މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ނަންބަރު:

271140

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް.އެސް. 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ސެކްޝަން / ބިޒްނަސް ސަޕޯޓް ސަރވިސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. ބީ.ޑީ.އެސް.ސީ އާއި އެ.ސް.އެމް.އީ ޑިވެލޮޕްމަންޓުން ހިންގާ އެކިއެކި ޕްރޮގްރާމުތަކަށް އެހީތެރިވުން.
  2. ސުޕަވައިޒަރުގެ އެހީއާއެކު ކަމާބެހޭ އެހެން އިދާރާތަކާ ގުޅިގެން އެސް.އެމް.އީ ޑިވެލޮޕްމަންޓާބެހޭ މަޢުލޫމާތު ހޯދުން.
  3. އީ.ޑީ.ޔޫ އާއި އެސް.އެމް.އީ ކައުންސިލްގެ މީޓިންގތަކުގެ އިދާރީ މަސައްކަތްތައްކޮށް ޔައުމިއްޔާ ބެލެހެއްޓުން.
  4. ސަރުކާރާއި އެހެނިހެން ފަރާތްތަކުން ފަންޑުކޮށްގެން ހިންގާ އެސް.އެމް.އީގެ އެކިއެކި ޕްރޮގްރާމުތައް ރާވައި ހިންގުމުގައި އެހީތެރިވުން.
  5. އީޑީ ޔުނިޓުން ހިންގާ އެކިއެކި ޕްރޮގްރާމުތަކާ ގުޅޭގޮތުން ކަސްޓަމަރުން ކުރާ ސުވާލުތަކަށް ޖަވާބުދިނުން.
  6. އޮފީހަށް އަންނަ ސިޓީތަކަށް ޖަވާބުދިނުމާއި، ޔުނިޓުގެ މަސައްކަތްތަކާ ގުޅިގެން އޮފީހަށް ހުށަހެޅޭ ސިޓީތަކަށް ދޭންޖެހޭ ޖަވާބު ތައްޔާރުކުރުން.
  7. އީޑީ ޔުނިޓުން ހިންގާ ޕްރޮގްރާމްތަކާ ބެހޭގޮތުން އާންމު ރައްޔިތުންނަށް ދޭންޖެހޭ މަޢުލޫމާތުތައް ގަވާއިދުން ދިނުން.
  8. ޤާނޫނު ނަންބަރު 79/31 (ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު) އަށް 9 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން މި މިނިސްޓްރީން ޑިއުޓީ މައާފުކޮށްދޭ ތަކެތީގެ ޑިއުޓީ މައާފުކުރުން.
  9. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓުގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގައި އެހެނިހެން ކަންކަމާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  3. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރަކުން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބިޒްނަސް އެޑްމިނިސްޓްރޭޝަން/ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން،ނުވަތަ؛
  4. މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤަޢުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ؛
  5. ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

02. މަޤާމު

ކޯލް ސެންޓަރ އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު

280570

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ.އެސް 3

މުސާރައާއި ޢިނާޔަތްތައް

މުސާރަ:

މަހަކު -/4,465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1,500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން

މަޤާމު އޮތް އޮފީހުގެ ނަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ސެކްޝަން / މިނިސްޓަރޒް ބިއުރޯ އެންޑް އެޑްމިނިސްޓްރޭޓިވް ސަޕޯޓް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. މިނިސްޓްރީއަށް އަންނަ ފޯންކޯލްތަކަށް މިނިސްޓްރީގެ ޚިދުމަތްތަކާބެހޭ އާންމު މަޢުލޫމާތު ފޯރުކޮށްދިނުން
  2. ފޯންކޯލްތައް ފޯވަޑް ކުރަންޖެހޭ ފަރާތްތަކަށް ފޯވަޑްކުރުން
  3. ފޯވަޑްކުރާ ކޯލްތަކުގެ ތެރެއިން ފޯވަޑްކުރާ ފަރާތަށް ރައްދުނުވާ ކޯލްތަކުގެ މެސެޖް ނެގުމަށްފަހު، ކަމާގުޅޭ ފަރާތަށް މެސެޖް ދިނުމާއި އެފަރާތުން ކަސްޓަމަރަށް އެޓެންޑްކުރޭތޯ ކަށަވަރުކުރުން.
  4. މަޢުލޫމާތު ސާފުކުރަން އަންނަ ފޯންކޯލްތަކުގެ އިންކުއަރީސްތައް ނަގައި މި އިންކުއަރީސްތައް ޑާޓާބޭސްއަށް އަޅައި ބެލެހެއްޓުން
  5. ފޯނުކުރާ ފަރާތްތަކުގެ ޝަކުވާތައް ކަމާގުޅޭ އިސްވެރިއެއްގެ ސަމާލުކަމަށް ގެނައުން.
  6. މިނޫންވެސް މަޤާމާ އެކަށީގެންވާ މަސައްކަތެއް ކުރަން ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން
  7. ސެކްޝަން/ ޑިވިޜަން/ ޑިޕާޓްމަންޓްގެ އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޗުއްޓީގައި ނުވަތަ ސަލާމުގައި ތިބޭ މުވައްޒަފުންގެ މަސައްކަތްތައް ހިއްސާކުރުމާއި، މިނިސްޓްރީގެ ފަރާތުން ރާވައި ހިންގާ އެހެނިހެން ކަންކަމާއި ގުޅިގެން ކުރަންޖެހޭ ކަންކަމުގައި، ހަވާލު ކުރެވޭ ކަންކަން ކޮށްދީ އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ ފްރަންޓް އޮފީސް މެނޭޖްމަންޓް/ ކަސްޓަމަރ ކެއަރގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް/ ފްރަންޓް އޮފީސް މެނޭޖްމަންޓް/ ކަސްޓަމަރ ކެއަރގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަސް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-  ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެ ފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔަނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން، ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 18 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުން ނުވަތަ  [email protected]   އަށް މެއިލްކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނސްޓްރީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.trade.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި މިނިސްޓްރީގެ 3333174 ނަންބަރު ފޯނާ ގުޅުމުން ނުވަތަ [email protected] އަށް އީމެއިލްކުރުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

04 އޮގަސްޓް 2016
ހޯދާ