ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އިމާމް / ކޮންޓްރެކްޓް މުދިމް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮންޓްރެކްޓް އިމާމް / ކޮންޓްރެކްޓް މުދިމް

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އާސާރީ މިސްކިތް / މަސްޖިދުލް ޢުމަރު ފާރޫޤް

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހަވާލުކުރާ މިސްކިތަކަށް، ކޮންމެ ނަމާދުވަގުތެއްގެ 15 މިނެޓުގެ ކުރިން ގޮސް، މިސްކިތުގެ ކަންތައްތައް ހުރިނެތްގޮތް ބެލުމަށްފަހު، ރަނގަޅުކުރަންޖެހޭ ކަމެއްވާނަމަ، އެކަމެއް މަސައްކަތު މީހުންލައްވައި ރަނަގަޅުކުރުވުމާއި، ފަރުޟު ފަސްނަމާދުގެ ވަގުތުގައި މިސްކިތުގައި ބަންގިގޮވައި، އިމާމުވެ ނަމާދުކުރުން.

2. މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، ދަތިވާ ކޮންމެކަމެއް ރަށުކައުންސިލްގެ އިދާރާއަށް އަންގައި އެކަމެއް ރަނގަޅުކުރުން.

3. މިސްކިތުގެ އިންވެންޓްރީ (ހަރުމުދަލުގެ ރަޖިސްޓްރީ) ގައި ހިމެނޭ އެންމެހައި ތަކެތި ރަނގަޅަށް ބެލެހެއްޓުން.

4. ސައުންޑު ސިސްޓަމްހުރި މިސްކިތެއްނަމަ، ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި، އެ ސިސްޓަމަށް އެއްވެސް މައްސަލައެއް ދިމާވެޖެނަމަ، ރަށު ކައުންސިލަށް އެކަން އަންގައިގެން، މައްސަލަ ޙައްލުކުރުން.

5. ރަށު ކައުންސިލުން، ކޭތަ ނަމާދު ކުރުމަށް ހަމަޖެއްސި މިސްކިތެއްގައި އިމާމުވެ ކޭތަނަމާދުކުރުން.

6. ރަށުކައުންސިލުން ޚުޠުބާ ހަވާލުކޮށް، ޢީދުނަމާދާއި، ހުކުރު ނަމާދު އިމާމުވެކުރަން މަސައްކަތް ހަވާލުކޮށްފިނަމަ، ޢީދު ނަމާދާއި، ހުކުރުނަމާދު އިމާމުވެ ކުރަން އެންގެވި މިސްކިތެއްގައި ޢީދު ނަމާދާއި، ހުކުރުނަމާދު އިމާމުވެ ކުރުން.

7. މިސްކިތުގައި ތަރާވީޙު ނަމާދާއި، ކަށުނަމާދުކުރަން ރަށުކައުންސިލުން އަންގަވައިފިނަމަ، ކަށުނަމާދާއި، ތަރާވީޙު ނަމާދުކުރަން އެންގެވި މިސްކިތެއްގައި އިމާމުވެ ކަށުނަމާދާއި، ތަރާވީޙު ނަމާދުކުރުން.

8. މިސްކިތު މަސައްކަތު މީހުން މަސައްކަތްކުރާ ނުކުރާގޮތް ރަނގަޅަށް ބަލައި، ރަށު ކައުންސިލަށް ރިޕޯޓްކުރަންޖެހޭ ކަންކަން ރިޕޯޓްކުރުން.

9. މިސްކިތުގެ އިމާމު ކައުންސިލަށް ހާޒިރުވެ ސޮއިކޮށްފައިވަނިކޮށް، ހަމައެދުވަހު އިމާމުމީހާއަށް ކަމެއްދިމާވެގެން މިސްކިތަށްދިއުމަށް އުޒުރުވެރިވެއްޖެނެމަ، އެދުވަހުގެ ބާކީއޮތްބަޔަށް މިސްކިތަށް އިމާމަކު ހަމަޖެއްސުމަކީ މިސްކިތާ ހަވާލުވެހުރި އިމާމުގެ ޒިންމާއެކެވެ. މިގޮތުން ހަމަޖައްސާ މީހަކީ، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރަނގަޅަށް ޤުރްއާން ކިޔަވަން އެނގޭ  މީހަކަށްވުމާއެކު، ރީތިކޮށް ބަންގިގޮވަން ދަންނަ މީހެއްކަމުގައި ވާންޖެހޭނެއެވެ. އެފަދަކަމެއް ދިމާވެއްޖެނަމަ، ރަށު ކައުންސިލްގެ އިދާރާއަށް އެކަން އަންގަންވާނެއެވެ.

10. މިސްކިތުގެ މަސައްކަތުމީހާ ހާޒިރުނުވާ ވަގުތެއްނަމަ، މިސްކިތްތެރެ ސާފުކުރަން ޖެހޭނެއެވެ. އަދި މިސްކިތުގެ ދިއްލުންތަކާއި، ފަންކާތައް ނިއްވައި، މިސްކިތުގެ ދޮރުތައް ލައްޕަންޖެހޭނެއެވެ.

11. ދާއިމީގޮތުންނާއި ވަގުތީގޮތުން މިސްކިތާ ހަވާލުވެހުންނަ އިމާމުން/މުދިމުން ރަސްމީ ދުވަސްތަކުގައި ލަސްވެގެން މެންދުރުކުރީ 11.00 ގެ ކުރިން ހާޒިރުވެ، ރަށު ކައުންސިލް އިދާރާގެ ހާޒިރީގައި ގަޑިޖަހައި ސޮއިކުރަންވާނެއެވެ.

12. މިސްކިތުގައި ދީނީ ދަރުސް ދިނުން ފަދަ ޕްރޮގުރާމުތައް ހިންގާނަމަ، އެފަދަ ޕްރޮގުރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރަންޖެހޭނެއެވެ.

13. މިސްކިތުގައި ކަންތައްތައް ހުންނަ ގޮތާ ބެހޭގޮތުން މީހުންކުރާ ޝަކުވާގެ އަޑުއަހައި، އެކަން ރަށު ކައުންސިލަށް ރިޕޯޓުކޮށް، އެކަމެއް ޙައްލުކުރުމަށް މަސައްކަތްކުރުން.

14. މިސްކިތު މަސައްކަތު މީހުންލައްވައި މިސްކިތު ގޯތިތެރޭގައި ގަސްއިންދުވައި، ގަސްތަކަށް ފެންދީ ހައްދައި ބެލެހެއްޓުން.

15. ރަސްމީ މަސައްކަތާ ގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންކަން ކުރުން.

16. މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ވަޒީފާއާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގާ އެންމެހައި ކަންކަން ކުރުން.    

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މުސާރަ

ސަރވިސް އެލަވަންސް

މުދިމް

ޖީ. އެސް. 1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،

  • އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

މަހަކު -/3،565 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

ޖީ. އެސް. 3

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު،

  • މުދިމްކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/4،465 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އިމާމް

ޖީ. އެސް. 4

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ  މަޤާމުގައި  ޖީ. އެސް. 3  ގެ  ރޭންކުގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ސާނަވީ ސެޓުފިކެޓު ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/5،020 ރުފިޔާ

މަހަކު -/1،500 ރުފިޔާ

އެމް. އެސް. 1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • އިމާމުކަމުގެ  މަޤާމުގައި  ޖީ. އެސް. 4  ގެ  ރޭންކުގައި މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/5،610 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އެމް. އެސް. 2

 

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،295 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އިސް އިމާމު

އެމް. އެސް. 3

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް. އެސް. 2 ގެ ރޭންކުގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  • ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/2،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

އިތުރުގަޑީގެ އެލަވަންސާއި، ބަންދު ދުވަހުގެ އެލަވަންސް، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު، 2016 އޮގަސްޓުމަހު އޮންނާނެވެ. އިންޓަވިއު ކުރިޔަށްދާނީ، ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާފައިވާ އުޞޫލަތަކާ އެއްގޮތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަންގާގޮތެއްގެ މަތީންނެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ)

6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޯގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:30 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ވިލުފުށީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  މި  އިދާރާގެ  6780701  ނަންބަރު  ފޯނާއެވެ. މި  އިދާރާގެ  އީމެއިލް އެޑްރެހަކީ، [email protected] އެވެ.

 27 ޝައްވާލް 1437

01 އޮގަސްޓް 2016
ހޯދާ