ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މިޑިޕާޓްމަންޓުގެ ބޭނުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ބޭނުމަށް ހދ.ކުޅުދުއްފުށިން 3 ކޮޓަރީގެ 3 ޢިމާރާތް ނުވަތަ 3 ކޮޓަރީގެ 3 އެޕާޓްމަންޓް ހިމެނޭ ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވާތީ، މިފަދަ ތަންތަން ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިފަދަ ތަންތަން ކުއްޔަށް ދޫކުރައްވަން ބޭނުންވާ ފަރާތްތަކުން 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓްކޯޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މި ދަންނަވާ ގޮތުގެ މަތީން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަސައްކަތަށް އަގު ހުށަހެޅުމަށް ބޭނުންވާ މަޢުލޫމާތު ޝީޓް، މި ޑިޕާޓްމަންޓުގެ ވެބްސައިޓް www.judiciary.gov.mv  އިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން: 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން

އިތުރު މަޢުލޫމާތު ހޯދުމަށް އީމެއިލް ފޮނުވާނީ:  [email protected]

އަންދާސީހިސާބު ހުށަހަޅާ ތާރީޚު: 2 އޮގަސްޓު 2016

އަންދާސީހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީހިސާބު ހުށަހަޅަންޖެހޭ ތަން: ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

20 ޝައްވާލް 1437

25 ޖުލައި 2016
ހޯދާ