ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފ. އަތޮޅު ސްޓޯރުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދުމަށް އާންމުކޮށް އިޢުލާން ކުރަމެވެ.  

މަޤާމް:

މަސައްކަތު

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ:

މަހަކު -/3،100 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން:

ފ. އަތޮޅުސްޓޯރު

 

 

ތަޢުލީމާއި ތަޖުރިބާ:

 

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް. އެސް. 1 ގެ ރޭންކާ އެއް ފެންވަރުގެ މަޤާމެއްގައި، ނުވަތަ އެއަށްވުރެ މަތި ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

3- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި މުރާލި މީހެއްކަމުގައިވުން.

4- ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1- އަތޮޅު ސްޓޯރުގެ ޑިއުޓީ ޓޭބަލުގައިވާގޮތުގެމަތިން ސްޓޯރަށް ގަޑިޔަށް ހާޒިރުވެ ސްޓޯރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުމާއި، ސްޓޯރަށް މުދާ ގެންނަ ދުވަސްދުވަހާއި އެނޫންވެސް ބައެއް ދުވަސްދުވަހު ކަނޑައެޅިފައިވާ ޑިއުޓީގެ އިތުރުން މަސައްކަތުގައި އުޅެން ދިމާވެއްޖެނަމަ، މަސައްކަތް ނިމެންދެން މަސައްކަތުގައި އުޅުން.

2- މިނެކިރަންޖެހޭ ތަކެތި ކިރުމާއި، ކަސްޓަމަރުންނަށް ދޫކުރުމަށް އަންގާ މުދާ ދޫކުރުމާއި، ގުދަނުން ސްޓޯރަށް ގެންނަންޖެހޭ މުދާ ގެނައުމާއި، ސްޓޯރުގައި ހުންނަ މުދަލުގެ ތެރެއިން އަވަހަށް ހަލަކުވާ ތަކެތި ހަލާކުވަމުންދޭތޯ ބެލުމާއި، ސްޓޯރުގެ އެތެރެއާއި ބޭރު މަގުމައްޗާއެކު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.

3- ސްޓޯރުގެ މުދާ ޖައްސާފައިހުރި ހަރުގަނޑުތައް ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުމާއި، ތަރުތީބު ގެއްލޭގޮތަށް ފިހާރަތެރޭގައްޔާއި ހަރުގަނޑުތަކުގައި ތަކެތި ހުރޭތޯ ބަލައި، އެގޮތަށް ހުންނަ ތަކެތި ރަނގަޅުކުރުމާއި ބެލެހެއްޓުން.

4- ސްޓޯރުގެ ކާޑު ކިރާ ބަޔާއި ގުދަންތައް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމާއި، ކާޑު ހުސްވަމުންދާ މިންވަރު ބަލައި، ކާޑު ގެނައުމަށް މަސައްކަތްކުރުން.

5- ހުސްވަމުންދާ މުދާ ލިސްޓުކުރުމަށްޓަކައި ސްޓޯރުގެ މުވައްޒަފުންނަށް އަންގަމުންގެންދިއުން.

6- މަތީގައިވާ ކަންކަމުގެ އިތުރުންވެސް، ސްޓޯރުގެ މަސައްކަތާ ގުޅޭގޮތުން ސްޓޯރުގެ އެހެން މުވައްޒަފުން އަންގާ ކަންކަން ކުރުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

2016 އޮގަސްޓް 7 ވަނަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފ. އަތޮޅު ކައުންސިލްގެ އިދާރާއަށް.

އުޖޫރައާއި ޢިނާޔަތްތައް:

ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4- ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

5- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުމެއް.

6- ސަރުކާރަށް  ނުވަތަ  ސިވިލް  ސަރވިސްއަށް  ޚިދުމަތްކުރުމުގެ  އެއްބަސްވުމެއް  އޮތް  މުވައްޒަފަކު  މި  މަޤާމަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޒެއް ނެތްކަން އަންގައިދޭ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުން (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން / އިދާރާއަކުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

8- ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނެ ލިޔުން (ހުށަހެޅި ފަރާތުން ސޮއިކޮށްފައިވާ)

މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ، މީހާގެ ފަންނީ ޤާބިލްކަމާއި، މީހާގެ ޞިއްޙަތާއި، އެމީހެއްގެ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުއިން ހޯދާ މާކުހުގެ ޖުމްލައަށް ބަލައިގެންނެވެ.

 

އެހެނިހެން ކަންތައްތައް:

1- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން ޢުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

2- މި  މަޤާމަށް  ހޮވޭ  ފަރާތް  ވަޒީފާގައި  ފުރަތަމަ  ގެންގުޅެވޭނީ  ވަގުތީ  ކޮންޓްރެކްޓުގެ  ދަށުންނެވެ.  ނަމަވެސް މުވައްޒަފު ގެންގުޅޭތާ 2 އަހަރުދުވަސްވުމުން، މަސައްކަތަށް ރަނގަޅުނަމަ، ޤާނޫނުގައިވާގޮތުގެމަތިން އެ މުވައްޒަފަކު ދާއިމީކުރެވޭނެއެވެ.

އިންޓަވިއު:

 މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުކުރުން، 2016 އޮގަސްޓު 17 އިން 19 އަށް މި އިދާރާގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރިޚުގައި އިންޓަވިއުއަށް ތައްޔާރުވެ، ރަށުގައި ހާޒިރުވެ ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، މި އިދާރާގެ  6740017 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740019 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

19 ޝައްވާލް 1437

24 ޖުލައި 2016
ހޯދާ