އަރިއަތޮޅު އުތުރުބުރީ އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލްގެ، ތިރީގައިމިވާ މަޤާމުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހުޅުވައިލަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަގާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

މަޤާމުގެ ރޭންކް: SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

މަޤާމު އޮތް ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ އއ. ރަސްދޫ

އާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭ ތަން:

އއ. އަތޮޅު ހޮސްޕިޓަލް/ ޕަބްލިކް ރިލޭޝަން

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 

 

 

 

1- ހޮސްޕިޓަލުގެ ސެކިއުރެޓީއާބެހޭ ކަންތައްތައް ބެލެހެއްޓުން.

2- ބަލިމީހުންނަށް ޒިޔާރަތްކުރުމަށް ކަނޑައެޅިފައިވާ ގަޑިތައް ފިޔަވައި އެހެން ގަޑިތަކުގައި ވޯޑްތަކަށް ވަންނަ މީހުން ކޮންޓްރޯލްކޮށް، ބަލިމީހުންނާއި، ޚިދުމަތްދޭ މީހުންނަށް ދަތިނުވާނެހެން އިންތިޒާމްތައް ބެލެހެއްޓުން.

3- ޑިއުޓީގައި ދޭތެރެދޭތެރެއިން ގޯތިތެރެ ބަލައި، އާދަޔާޚިލާފު އެއްވެސްކަމެއް ހިނގާތޯ ބެލުން.

4- ޑިއުޓީގައި ދިމާވާ ބޮޑެތި ކަންތައްތައް ނޯޓްކޮށް، ޕަބްލިކް ރިލޭޝަން ސެކްޝަނުގެ އިސް މުވައްޒަފުންނަށް ލަސްނުކޮށް ހުށަހެޅުން.

5- ރަސްމީގަޑި ނިމުމުން، ބަންދުކުރަންޖެހޭ ދޮރުތަކާއި، ގޭޓްތައް ބަންދުކުރުން.

6. ރޭގަނޑު 10 ޖެހުމުން، ބޮކިތަކާއި ހޮޅިބުރިތައް ފުދޭ މިންވަރަށް ބެހެއްޓުމަށްފަހު ނިންވުމާއި، އަބަދުވެސް ބޭނުންނުކުރާ ފަންކާތަކާއި، ހޮޅިބުރިތައް ނިއްވުމަށް ސަމާލުކަންދިނުން.

މަޤާމުގެ ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، މަސައްކަތްތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

- މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ  ފޯމު  ހުށަހަޅާނީ، 2016 އޮގަސްޓް 7 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، މި ހޮސްޕިޓަލުގެ އިދާރީ ސެކްޝަނަށެވެ.

- މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެވެ.

- ބަޔާންވެފައިވާ މުއްދަތުގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައެއްނުގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއުކުރުން އޮންނާނީ، 2016 އޮގަސްޓުމަހުގެ ތެރޭގައި، މި ހޮސްޕިޓަލުގައެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.     

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6660645 ނަންބަރު ފޯނަށެވެ.

16 ޝައްވާލް 1437
21 ޖުލައި 2016
ހޯދާ