މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2 ލިފްޓް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

ފިލާބިލްޑިންގ 1 އަދި ވިލިނގިލީ އެދުރުވެހި އިމާރާތުގައި މިހާރު ހުރި 2 ލިފްޓު ނަގައި އާ 2 ލިފްޓު ބަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު IUL)22-TF/1/2016/159) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ، ތިރީގައި މި ދަންނަވާ 2 ޢިމާރާތުގައި ހުރި 2 ލިފްޓު ނަގައި އާ 2 ލިފްޓު ބެހެއްޓުމުގެ މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  • ވިލިނގިލީ އެދުރުވެހި (ދެކުނު ފަރާތުގެ ލިފްޓު)
  • ފިލާބިލްޑިންގ 1 ގެ ލިފްޓު

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ތަޢުލީމީ ފަންޑުގެ އިދާރާ، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 01 ވާ ހޯމަ ދުވަހުގެ 11:00 އަށް

2016 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 11:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341193 ނަންބަރު ފޯނަށެވެ.

21 ޖުލައި 2016
ހޯދާ