ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
ކޮމިޝަނަށް ހާޑްވެއަރ ފަޔަރވޯލެއް ހޯދުމާބެހޭ

އަންދާސީހިސާބު ބޭނުންވެއްޖެ

ކޮމިޝަނަށް ހާޑްވެއަރ ފަޔަރވޯލެއް ހޯދުމާބެހޭ

މި ކޮމިޝަނުގެ ނަންބަރު: (IUL) 462/1/2016/7 (30 ޖޫން 2016) އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ކޮމިޝަނަށް ހާޑްވެއަރ ފަޔަރވޯލެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިކޮމިޝަނަށް (ހުރަވީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ ހުޅަނގުބައި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓް 3 ވަނަ ދުވަހުގެ 13:00 އަށް

2016 އޮގަސްޓު 10 ވަނަ ދުވަހުގެ 13:00 އަށް

2016 އޮގަސްޓު 10 ވާ އާއްދީއްތަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑު ނުވަތަ ބިޑުން ބައެއް ވިޔަސް ބަލައިނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑުވެސް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ