މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަރަންޓާބެހޭ މަސައްކަތެއް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އިޢުލާން

މިއޮފީހުގައި ބަހައްޓާފައިވާ އިމަރޖެންސީ ޖަނަރޭޓަރާއި، ކަރަންޓާބެހޭ ހުރިހާ މަސައްކަތެއް ސަރވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2016/37 އިޢުލާނަށް އަންދާސީހިސާބު ހުށަހަޅަން ހާޒިރުވީ ދެފަރާތުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 އޮގަސްޓު 2 ވާ އަންގާރަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2016 އޮގަސްޓު 8 ވާ ހޯމަ ދުވަހުގެ 13:30 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

15 ޝައްވާލް 1437

20 ޖުލައި 2016
ހޯދާ