ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ

އިޢުލާން

"ގ. ސަންއީސްޓް" ކ. މާލެ އެވެ ކިޔާ ގޯއްޗާއި ގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ:

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. އިން އަލްފާޟިލާ ޒުލްފާ ދޮންކަލޭފާނު، ގ. ސަންއީސްޓް / ކ. މާލެއާއި އަލްފާޟިލް އަޙްމަދު ޢަމްރޫގެ، ގ. ސަންއީސްޓް / ކ. މާލެއާއި އަލްފާޟިލް އިބްރާހީމް ޢާމިރު، ގ. ސަންއީސްޓް / ކ. މާލެއަށް ދޫކޮށްފައިވާ ލޯނަށް ރަހުނު ކޮށްފައިވާ "ގ. ސަންއީސްޓް" ކ. މާލެ އެވެ ކިޔާ ގޯއްޗާއި ގޯތީގައި ހިމެނޭ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ވިއްކުމާބެހޭ

ޢިމާރާތާއި ގޯތީގެ ތަފުސީލު:

ބާވަތް: އަމިއްލަ ގޯތި

ނަން: ގ. ސަންއީސްޓް / ކ. މާލެ

ރަޖިސްޓަރީ ނަންބަރު: އ. 4355

ގޯތީގެ ތަފުސީލު: 700 އަކަފޫޓު

ޢިމާރާތް: 09 (ނުވަ) ބުރީގެ ޢިމާރާތް

ވެރިފަރާތް: އަލްފާޟިލާ ޒުލްފާ ދޮންކަލޭފާނު، ގ. ސަންއީސްޓް / ކ. މާލެ

ރަހުނު: "ގ. ސަންއީސްޓް" ކ. މާލެ

ރަޙުނު ވިއްކާލުމުގެ ހުއްދަ: ސިވިލް ކޯޓުގެ ޤަޟިއްޔާ ނަންބަރު: 046/Cv-C/2016 އަދި 1813/Cv-C/2015 (06 އެޕްރީލް 2016)

ވީމާ، "ގ. ސަންއީސްޓް" ކ. މާލެ އެވެ ކިޔާ ގޯއްޗާއި ގޯތީގައި ހިމެނޭ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އަގު ސާފުކޮށް ބަޔާންކުރައްވައި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 2016 އޮގަސްޓު 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 1:30 ގެ ކުރިން މި ކުންފުނީގެ ހެޑްއޮފީސް، ހ. މިއަލަނި، 4 ވަނަ ފަންގިފިލާއަށް އަގު ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ގ. ސަންއީސްޓް ކ. މާލެ ގަތުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މި ސިޓީތައް ކަނޑައި ބެލުން އޮންނާނީ 15 އޮގަސްޓު 2016 ވާ ހޯމަ ދުވަހުގެ މެންދުރުފަހުގެ 1:30 ގައި މި ކުންފުނީގެ ހެޑްއޮފީހުގައި، ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީ އަގު އިޢުލާން ކުރެވޭނެއެވެ. އެއަށްވުރެ މަތީއަގެއް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން، ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/50،000 (ފަންސާސްހާސް) ރުފިޔާއެވެ. ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު މި ކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިޢުލާންކުރެވި، މި ކުންފުނީގެ އައްޑޫ ސެންޓަރ (ސ.ހިތަދޫ) ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން 05 ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުލައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މި ކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މި ކުންފުންޏަށް ނުދައްކައިފިނަމަ، އެ ހުށަހެޅުން ބާޠިލުކޮށް، ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާޠިލުކޮށް، އަލުން ފެށުމުގެ ޙައްޤު މި ކުންފުންޏަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް މި ކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް މި ކުންފުނިން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު މި ކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ރިކަވަރީ ޑިޕާޓްމަންޓާ (ފޯނު ނަންބަރު: 3334666 އަދި 3000112، އީމެއިލް: [email protected]) ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ބަޔާންކުރެވިފައިވާ ގެ "ގ. ސަންއީސްޓް" ކ. މާލެ ގަތުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތްކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ މި ކުންފުނީގެ ބޯޑު ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ ޢާއިލާގެ އެއްވެސް ބޭފުޅަކަށް (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަނޑު ނުވަތަ އެއްބަފާ ބޭފުޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) ބައިވެރިއެއްނުވެވޭނެއެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ