ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ވޭސްޓް މެނޭޖްމަންޓް ސެންޓަރު ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ބިން (ޕަބްލިކް ސަރވިސް ބިމުގެ) ގެ އުތުރުން 30،000 (ތިރީސްހާސް) އަކަފޫޓުގެ ބިމުގައި ހުރި ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން ނަންބަރު 01 ން 243 އަށް ނަންބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ، އެއީ ކޮން ފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު (ކުރިން ގެނެސްފައިނުވާ ފަރާތްތަކުން) 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ދަންނަވަމެވެ. މި ސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާގެ ނަންބަރު 374-C/2016/05 (2 ޖަނަވަރީ 2016) އިޢުލާނުގައިވެސް ދެންނެވިފައިވާނެއެވެ. މިއީ މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ ދެވަނަ އިޢުލާނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ