ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

އިޢުލާން

ފުޓުބޯޅަދަނޑުގެ ދެކުނުން ފުޓުސެލްދަނޑާއި، ބަށިކޯޓު އެޅުމަށް އިތުރު ކުރެވުނުބައި (މިރަށުގެ ރަށްމައްޗާއި، ބޮޑުމަގާ ދެމެދު) ސަރަޙައްދުގައ ހުރި ރުއްގަހުގައި މިހާރު ހުންނާނީ މަޑުފެހިކުލައިގެ ދަވާދަކުން ނަންބަރު 03 ން 35 އަށް ނަންބަރުޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ނުވަތަ ގަހެއް ހުރިނަމަ އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެނގޭނޭގޮތަށް އެރުކެއް އަދި ގަހެއްގައި މި އިދާރާއިން ޖަހާފައިވާ ނަންބަރު 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މުއްދަތު ހަމަވުމަށްފަހު މި ސަރަޙައްދުގައިހުރި ރުއްތައް ނައްތާލެވޭނެކަމުގައިވެސް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމަށްޓަކައި މި އިދާރާގެ ނަންބަރު 374-C/2016/53 (05 ޖުލައި 2016) އިޢުލާނުގައިވެސް ދެންނެވިފައިވާނެއެވެ. މިއީ މި ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ ތިންވަނަ އިޢުލާނެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14 ޝައްވާލް 1437

19 ޖުލައި 2016
ހޯދާ