ނަައިވާދޫ ޞިއްޙީ މަރުކަޒު، ހދ. ނައިވާދޫ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ދާއިރާގައި މަސައްކަތްކުރަން ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި މަޤާމަށް ބޭނުންވަނީ، މަސައްކަތަށް ޤާބިލް މީހެކެވެ.

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލަސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: SS1

މުސާރަ:

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ޑިވިޜަން/ ސެކްޝަން:

ނައިވާދޫ ޞިއްޙީ މަރުކަޒު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނައިވާދޫ ޞިއްޙީ މަރުކަޒު

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އެލަވަންސްތަކާއި، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މަރުކަޒުގެ އިމާރާތުގެ އެތެރެއާއި، ގޯތިތެރެއާއި، ވަށައިގެންވާ ސަރަހައްދު ވިނަނޮޅައި، ކުނިކަހައި، ފޮޅައި، ސާފުކުރުން.

2- ހަމޖެހިފައިވާ އުސޫލުން މަރުކަޒުގެ ކުނި ނައްތައިލުމާއި އުކާލުން.

3- މަދުވެގެން ހަފުތާއަކު އެއްފަހަރު މަރުކަޒުގެ ފާރުތަކާއި، ސީލިންގާއި، ބިއްލޫރިތަކާއިި، ދޮރުތަކާއި، ބޮކިތަކާއި، ފަންކާފަދަ ތަކެއްޗާއި، އެހެނިހެން ތަންތަނާއި ތަކެތި ސާފުކޮށް ބެލެހެއްޓުން.

4- މަރުކަޒުގެ ފާޚާނަތައް ސާފުކޮށް ބެލެހެއްޓުން.

5- މަރުކަޒުގެ ގޯތިތެރޭގައި ގަސްއިންދައި، ގަސްތަކަށް ފެންދިނުމާއި، މަރުކަޒުން އަންގާ ގޮތެއްގެ މަތީން ގަސްކޮށައި ބެލެހެއްޓުން.

6- އޮފީހުން އަންގަން ހަވާލުކުރާ އެންގުންތައް އެކިފަރާތްތަކަށް އެންގުމާއި، އިޢުލާންތައް އާންމުކޮށް ތަތްކުރަންޖެހޭ ތަންތާނގައި ތަތްކުރުމާއި، އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިބެންވީ ފަރާތްތަކާ ހަވާލުކުރުން.

7- މަރުކަޒުން ހަވާލުކުރެވޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

ތަޢުލީމާއި ތަޖުރިބާ:

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުން ލިބެން ހުންނާނެއެވެ. އަދި ހެލްތު މިނިސްޓްރީގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 އޮގަސްޓު 3 ވާ ބުދަަ ދުވަހުގެ 14:00 ގެ ކުރިން، 'ސިވިލް  ސަރވިސްގެ  ވަޒީފާއަށް  އެދޭ  ފޯމު' ފުރިހަމަކުރުމަށްފަހު، ނައިވާދޫ ޞިއްޙީ މަރުކަޒަށް ހުށަހެޅުން.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

އިންޓަވިއުއަށް ޝޯޓް ލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑިއާއި ތަން، 2016 އޮގަސްޓުމަހުގެ 14ވަނަ ދުވަހާއި 18 ވަނަ ދުވަހާ ދޭތެރޭގައި އެންގޭނެއެވެ.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި  އިޢުލާނާ  ގުޅިގެން  އިތުރު  މަޢުލޫމާތު  ސާފުކުރަން  ބޭނުންވާނަމަ،  މި  މަރުކަޒުގެ  6520548 ނަންބަރު  ފޯނަށް  ނުވަތަ  9972905  ނަންބަރު  ފޯނަށް  ގުޅުން  އެދެމެވެ.  އީމެއިލް  އެޑްރެހަކީ، [email protected] އެވެ.

12 ޝައްވާލް 1437

 

17 ޖުލައި 2016
ހޯދާ