މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީއިން ކ. ތަނބުރުދޫއާއި މާލެއާ ދެމެދު ދަތުރުކުރުމަށް ފެރީއެއް ކުއްޔައްދޭނެ ފަރާތެއް ހޯދުން ( ދެވަނަ ގޮވާލުން):

އިޢުލާން

އެމްޓީސީސީގެ ފެރީ ނިޒާމުގައި ބޭނުންކުރުމަށް މި ކުންފުނިން ބޭނުންވާ މިންގަނޑުތަކަށް ފެތޭ ފެރީއެއް ކުއްޔަށްހިފުމަށް ކުރި އިއުލާން ނަންބަރު (MTCC-PD/IU/2016/0103) އާ ގުޅިގެން ހާޒިރުވެލައްވާފައި ވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 21 ވަނަ ދުވަހުގެ 11:00 އަށް، އެމްޓީސީސީ ޓަވަރުގެ 7 ވަނަ ފަންގިފިލާ (ބޯޑް މީޓިންގް ރޫމް) އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު، 2016 ޖުލައި 24 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

18 ޖުލައި 2016
ހޯދާ