މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އޮތޯރިޓީގެ، ތިރީގައިވާ  މަޤާމުތަކަށް އިޢުލާން ކުރަމެވެ.

1. މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް އެމްޕްލޯއިމަންޓް (3 މަސްދުވަސް)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

229719

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ޗެއަރމަންއަށް ބޭނުންވާ އިދާރީ މަސައްކަތްތައް ކުރުމާއި، ޗެއަރމަން ބާއްވަވާ ބައްދަލުވުންތައް ކަނޑައެޅިފައިވާ ވަގުތަށް އިންތިޒާމުކުރުމާއި، މީޓިންގ ރޫމުގެ ބުކިންގއާއި ޝެޑިއުލްތައް ހެދުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ތައްޔާރީތައް މީޓީންގ ބޭއްވުމަށް ހަމަޖެހިފައިވާ ވަގުތުގެ ކުރިން ކުރުމާއި، ބައްދަލުވުމުގެ ޔައުމިއްޔާތައް ލިޔުމަށްފަހު ކަނޑައެޅިފައިވާ ވަގުތަށް ޔައުމިއްޔާތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަށްފަހު ފައިލްކުރުން.

2. އެކިފަރާތްތަކުން ޗެއަރމަންއަށް ފޮނުއްވާ ސިޓީތަކަށް ޗެއަރމަން ދެއްވާ ޖަވާބު އެފަރާތްތަކަށް ފޮނުވުމާއި، ޗެއަރމަންގެ އެޕޮއިންޓްމަންޓްތައް ޝެޑިއުލްކުރުމާއި، އިދާރީގޮތުން އޮތޯރިޓީން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، ނޯޓު، މެމޯ ފަދަ ތަކެތި ފޮނުވަންޖެހޭ ވަގުތަށް ފޮނުވުން.

3. ޗެއަރމަންއާއި ބައްދަލުކުރައްވަން ވަޑައިގަންނަވާ ބޭފުޅުންނަށް މެހްމާންދާރީ އަދާކުރުމާއި އެކިއެކި ޚިދުމަތްތަކަށް އަންނަ މީހުންނަށް އެހީތެރިވެ، މަގުދައްކައި، ޚާއްޞަ މެހެމާނުންގެ ރިފްރެޝްމަންޓް ތައްޔާރުކުރުން.

4. އެސެޓް ރެޖިސްޓަރ ބެލެހެއްޓުމުގެ މަސައްކަތް ގަވާއިދާ އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

2. މަޤާމް:

ސީނިއަރ ޕްރޮކިއުމެންޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

282175

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މުސާރައާއި ޢިނާޔަތްތައް:

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. އޮތޯރިޓީގެ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ދެނެގަނެ، އެ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2. އޮތޯރިޓީ ހިނގަމުންދާ އިމާރާތް ހަރުދަނާކޮށް، ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެ މަސައްކަތްތައް ކުރުން.

3. މަސައްކަތްތައް ކުރުމާއި ތަކެތި ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ކުރުމާއި، މަޢުލޫމާތު ދިނުމާއި، ޕްރޮޕޯސަލްތައް ބަލައިގަތުން.

4. ބިޑް އިވެލުއޭޝަން ކޮމެޓީ އެކުލަވައިލައި، އިވެލުއޭޝަން މީޓިންގ ބާއްވައި، ބިޑް އެވާރޑްކުރެވޭ ފަރާތްތަކާއެކު ވާންޖެހޭ އެއްބަސްވުންތައް ތައްޔާރުކުރުން.

5. އޮތޯރިޓީގެ ފެނާއި، ކަރަންޓް ވިއުގަޔާއި، އެއަރކޯނާއި، މަސައްކަތުގައި ބޭނުންކުރާ މެޝިންފަދަ ތަކެތި މަރާމާތުކުރުވުން.

6. ނީލަންކިޔަންޖެހޭ ތަކެތި ނީލަމަށް ފޮނުވުން.

7. އޮތޯރިޓީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

8. ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ނުވަތަ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

3. މަޤާމް:

އެސިސްޓެންޓް ކަސްޓަމަރ ސަރވިސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

247706

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް ސެކްޝަން / ކޯޕަރޭޓް ސަރވިސަސް ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1. ދުވަހުން ދުވަހަށް، އެއްގަމާއި ކަނޑުގެ ރަޖިސްޓްރީކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު، ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ލައިސަންސް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ޓެސްޓް ހެދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ ރަޖިސްޓްރީ މޯގޭޖްކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރު ގަވާއިދާ ޚިލާފުވުމުން ނަގާ ފައިސާ ބަލައިގަތުން.

2. ދުވަހުން ދުވަހަށް އެއްގަމު ވެހިކަލްގެ ރޯޑްވާރދިނަސް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ޗެކްކުރުމަށްފަހު ބަލައިގަތުމާއި، ޓެކްސީކުރުމަށް ބޭނުންވާ އުޅަނދުފަހަރުގެ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، ވެހިކަލް އެތެރެކުރުމުގެ ހުއްދަޔާބެހޭ ޑޮކިއުމެންޓްތައް ބަލައިގަތުން.

3. ކަނޑުގެ ސަލާމަތީ ސެޓުފިކެޓު ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، މެރިޓައިމް ސެޓުފިކެޓުތައް ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، އޮޑީ ނަންބަރު ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، ބޭރުދަތުރުކުރާ މީހުންގެ އެގްރިމެންޓް ރަޖިސްޓަރީކުރުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުމާއި، ސީ.ޑީ.ސީ ހެއްދުމަށް ބޭނުންވާ ޑޮކިއުމެންޓް ބަލައިގަނެ ޗެކްކުރުމަށްފަހު ފައިސާ ބަލައިގަތުން.

4. ދުވަހުގެ މަސައްކަތް ނިންމާއިރު،  އެދުވަހު ބަލައިގަނެވުނު  ފައިސާގެ އަދަދު ހަމަކޮށް ކޭޝިޔަރާ ނުވަތަ ތިޖޫރީ ބަލަހައްޓާ ފަރާތާ ދުވަހުން ދުވަހަށް ހަވާލުކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓް/ފްރަންޓް އޮފީސް މެނޭޖްމަންޓް/އޮފީސް ސްކިލްސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

4. މަޤާމް:

އެސިސްޓެންޓް ލައިސަންސިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

247726

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ލައިސެންސިންގ އެންޑް ރަޖިސްޓްރޭޝަން ސެކްޝަން / ލައިސެންސިންގ ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1-  އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި ލިޔެކިޔުންތައް ހުށަހެޅުމުން، އެލިޔުންތައް ވެރިފައިކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީއާއި ރޯޑްވަރދިނަސް ސްޓިކަރ ނިންމުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ހަވާލުކުރުމާއި، އެއްގަމު ރަޖިސްޓްރީއާބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ގަވާއިދުން ފައިލްކޮށް ބެލެހެއްޓުމާއި، ޕްރޮވިންސްތަކުން ރަޖިސްޓްރީކުރުމަށް ފޮނުވާ ލިޔުންތަކާއި ރޯދްވަރދިނަސް ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް އޮތޯރިޓީއަށް ލިބޭތާ 5 ދުވަހުގެ ތެރޭގައި ރަޖިސްޓްރީތައް ނިންމައި، ލެމިނޭޓްކޮށް، ޕެކްކުރުމަށްފަހު އެޕްރޮވިންސްއަކަށް ފޮނުވުން.

2- އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެންނާއި، އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމު ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި، ގަވާއިދާ އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރަށް ގެންދިއުން.

3- އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދައަށް އެދޭތާ 5 ދުވަހުގެ ތެރޭގައި، ގަވާއިދާ އެއްގޮތަށް ޑޮމެއިން ހުއްދަ ނިންމުމަށްފަހު، ތަކެތިދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ހަވާލުކުރުމާއި، ހުއްދަތަކާބެހޭ ލިޔުންތައް ދުވަހުން ދުވަހަށް، ފަސޭހައިން ފެންނާނެހެން ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

4- ބޭންކްތަކުން ފޮނުވާ މޯގޭޖްކޮށްފައިވާ އުޅަނދުތަކުގެ ސިޓީ ލިބުމުން އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓްރީކުރުމާއި، ކެންސަލްކުރުމާއި، މިކަމާ ގުޅޭ ރެކޯޑުތައް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއި، ވެރިފަރާތުން ފައިސާ ދެއްކުމުން ވީހާވެސް އަވަހަކަށް ބޭންކްތަކަށް މޯގޭޖް ރަޖިސްޓްރީތައް ފޮނުވުން.

5- ކޯޓްތަކުން އެކިއެކި ކޮމްޕެނީތަކާއި، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުއްވުމުން، އެ މަޢުލޫމާތުތަކަކީ އެފަރާތަށް ދިނުން ރަނގަޅު މަޢުލޫމާތެއްތޯ ބެލުމަށްފަހު، 3 ދުވަހުތެރޭގައި ޖަވާބުދިނުން.

6- މާލެއާއި އަތޮޅުތަކުގެ ޓެކްސީ ޚިދުމަތް ދޫކުރުމުގެ މަސައްކަތް ގަވާއިދާ އެއްގޮތަށް، ވެރިންގެ މަޝްވަރާގެމެތިން ކުރުމާއި، އެ ޓެކްސީތަކުގެ ޓެކްސީ ސްޓިކަރ ތައްޔާރުކުރުމަށްފަހު، ކަނޑައެޅިފައިވަ ތާރިޚަށް ދޫކުރުމާއި، މާލޭގައި ދުއްވާ ޓެކްސީ ޑްރައިވަރުންނަށް ހުއްދަ ހެދުމާއި، އެ ހުއްދަ ދޫކުރުމާއި، ސެންޓަރުތަކުގައި އުޅޭ ޑްރައިވަރުންގެ މަޢުލޫމާތުތައް އަޕްޑޭޓްކުރުމާއި، މަޢުލޫމާތުތައް ގަވާއިދުން ބެލެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

 

އަސާސީ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

5. މަޤާމް:

އެސިސްޓެންޓް ރަޖިސްޓްރޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

134066

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ލައިސެންސިންގ އެންޑް ރަޖިސްޓްރޭޝަން ސެކްޝަން / ވެހިކަލް ރަޖިސްޓްރޭޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1-    އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށްޓަކައި ލިޔެކިޔުންތައް ހުށަހެޅުމުން އެ ލިޔުންތައް ވެރިފައިކުރުމަށްފަހު، ލިޔެކިޔުންތައް ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި، ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީއާއި ރޯޑްވަރދިނަސް ސްޓިކަރ ނިންމުމަށްފަހު، ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ހަވާލުކުރުމާއި، އެއްގަމު ރަޖިސްޓްރީއާބެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފަސޭހައިން ފެންނާނެހެން ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

2- އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ގެއްލިގެންނާއި، އެއްގަމު އުޅަނދު ރަޖިސްޓްރީ ބާޠިލްކުރުމަށް އެދި ސިޓީ / ފޯމު ހުށަހަޅާތާ 5 ދުވަހުގެ ތެރޭގައި، ގަވާއިދާ އެއްގޮތަށް ލިޔުން ތައްޔާރުކުރުމަށްފަހު، ތަކެތި ދޫކުރަން ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރަށް ގެންދިއުން.

3- އެއްގަމު އުޅަނދަށް ދޫކުރެވޭ ޑޮމެއިން ހުއްދައަށް އެދޭތާ 5 ދުވަހުގެ ތެރޭގައި، ގަވާއިދާ އެއްގޮތަށް ޑޮމެއިން ހުއްދަ ނިންމުމަށްފަހު، ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ޑެލިވަރީ ކައުންޓަރާ ހަވާލުކުރުމާއި، ހުއްދަތަކާބެހޭ ލިޔުންތައް ދުވަހުން ދުވަހަށް، ފަސޭހައިން ފެންނާނެހެން ގަވާއިދުން ފައިލްކޮށް ބެލެހެއްޓުން.

4- ބޭންކްތަކުން ފޮނުވާ މޯގޭޖްކޮށްފައިވާ އުޅަނދުތަކުގެ ސިޓީ ލިބުމުން، އެއްގަމު އުޅަނދުގެ މޯގޭޖް ރަޖިސްޓްރީކުރުމާއި، ކެންސަލްކުރުމާއި، މިކަމާ ގުޅޭ ރެކޯޑުތައް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމާއި، ވެރިފަރާތުން ފައިސާ ދެއްކުމުން ވީހާވެސް އަވަހަކަށް ތެރޭގައި ބޭންކްތަކަށް މޯގޭޖް ރަޖިސްޓްރީތައް ފޮނުވުން.

5- ކޯޓްތަކުން އެކިއެކި ކޮމްޕެނީތަކާއި، ވަކިވަކިފަރުދުން އެއްގަމުގައި ދުއްވާ އުޅަނދާބެހޭ މަޢުލޫމާތު ސާފުކުރުމަށް ސިޓީ ފޮނުއްވުމުން، އެ މައުލޫމާތުތަކަކީ އެފަރާތައް ދިނުން ރަނގަޅު މަޢުލޫމާތެއްތޯ ބެލުމަށްފަހު، 3 ދުވަހުތެރޭގައި ޖަވާބުދިނުން.

6- ޕްރޮވިންސްތަކުން ރަޖިސްޓްރީކުރުމަށް ފޮނުވާ ލިޔުންތަކާއި ރޯދްވަރދިނަސް ހެދުމަށް ފޮނުވާ އެޕްލިކޭޝަންތައް އޮތޯރިޓީއަށް ލިބޭތާ 5 ދުވަހުގެ ތެރޭގައި ރަޖިސްޓްރީތައް ނިންމައި، ލެމިނޭޓްކޮށް، ޕެކްކުރުމަށްފަހު އެޕްރޮވިންސްއަކަށް ފޮނުވުން.

މަޤާމުގެ ޝަރުޠުތައް:

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

6. މަޤާމް:

އެސިސްޓެންޓް ރޯޑްވާދިނަސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

229727

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

ރޯޑް ސޭފްޓީ ސެކްޝަން / ވެހިކަލް އިންސްޕެކްޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- ގަރާޖްތަކުން އަންނަ އެއްގަމުގެ ވެހިކަލްތަކުގެ ރޯޑްވާދިނަސްތައް ތާރީޚު އޯޑަރުން ދުވަހުން ދުވަހަށް އެންޓަރކުރުން.

2- ގަރާޖުތަކުން އަންނަ ރޯޑްވާދިނަސްތަކުގެ ތެރެއިން މައްސަލަހުރި ފޯމުތައް ގަރާޖުތައް މެދުވެރިކޮށް އެ ދުވަހެއްގެ ރަސްމީގަޑި ނިމުމުގެކުރިން އެ މައްސަލަތައް ޙައްލުކުރުން.

3- ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރުފުރޮޅުލީ އެއްގަމުއުޅަނދު އެތެރެކުރުމުގެގޮތުން ހުށަހެޅޭ އުޅަނދުގެ ސެޓުފިކެޓުތައް ޞައްޙަކަން ދެނެގަތުމާއި، އުޅަނދު އެތެރެކުރުމުގެ ލިޔުން ހަމަޖެހިފައިވާ ގަވާއިދުގެދަށުން ނިންމަންޖެހޭ ތާރީޚަށް ނިންމުމަށްފަހު، އެ ލިޔުން ދޫކުރުމަށް ތަކެތި ދޫކުރާ ކައުންޓަރަށް ގެންދިއުމާއި، ހަތަރުފުރޮޅުލީ އުޅަނދު އެތެރެކުރުމަށް ދޫކުރެވޭ ލިޔުންތަކާއި، ރޯޑްވާދިނަސް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

4- ރޯޑްވާދިނަސްގެ އެގްރީމަންޓްތައް އިސްވެރިންގެ މަޝްވަރާއާއި ލަފާގެމަތިން އާކުރަންވާ ތާރީޚަށް ހެދުމާއި، މިހާރު އެގްރީމަންޓް ކުރެވިފައިވާ ތަންތަނުގެ އެގްރީމަންޓްތައް މުއްދަތު ހަމަހަމަވުމުގެ ކުރިން އާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

5- ގަރާޖުތަކުން އަންނަ ރޯޑްވާދިނަސްގެ ޔައުމިއްޔާ، އޮފީހުގެ ޔައުމިއްޔާ ލިޔާ ފަރާތަށް އެދުވަހެއްގެ ރަސްމީގަޑި ނިމުމުގެ ކުރިން ދިނުން.

6- ގަރާޖްތަކުން އަންނަ ރޯޑްވާދިނަސްތަކުގެ ރިޕޯޓްތައް ފަސޭހައިން ފެންނާނެފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރުން.

7- ޑޮމެއިން ނަންބަރު އިޢުލާންކޮށް، ނީލަންކިއުމުގެ މަސައްކަތް، ހަވާލުވެ ހުންނެވި ވެރިއެއްގެ މަޝްވަރާގެމަތިން ގަވާއިދާ އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސް ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

7. މަޤާމް:

އެސިސްޓެންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

134051

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެމަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ރޯޑް ސޭފްޓީ ސެކްޝަން / ވެހިކަލް އިންސްޕެކްޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- ގަރާޖްތަކުން އަންނަ އެއްގަމުގެ ވެހިކަލްތަކުގެ ރޯޑްވާދިނަސްތައް، ތާރީޚު އޯޑަރުން ދުވަހުން ދުވަހަށް އެންޓަރކުރުން.

2- ގަރާޖުތަކުން އަންނަ ރޯޑްވާދިނަސްތަކުގެ ތެރެއިން މައްސަލަހުރި ފޯމުތައް، ގަރާޖުތައް މެދުވެރިކޮށް، އެ ދުވަހެއްގެ ރަސްމީގަޑި ނިމުމުގެކުރިން އެ މައްސަލަތައް ޙައްލުކުރުން.

3- ރާއްޖޭގައި ބޭނުންކުރުމަށް ގެންނަ ހަތަރުފުރޮޅުލީ އެއްގަމުއުޅަނދު އެތެރެކުރުމުގެގޮތުން ހުށަހެޅޭ އުޅަނދުގެ ސެޓުފިކެޓުތަކުގެ ޞައްޙަކަން ދެނެގަތުމާއި، އުޅަނދު އެތެރެކުރުމުގެ ލިޔުން، ހަމަޖެހިފައިވާ ގަވާއިދުގެދަށުން ނިންމަންޖެހޭ ތާރީޚަށް ނިންމުމަށްފަހު، އެ ލިޔުން ދޫކުރުމަށް، ތަކެތި ދޫކުރާ ކައުންޓަރަށް ގެންދިއުމާއި، ހަތަރުފުރޮޅުލީ އުޅަނދު އެތެރެކުރުމަށް ދޫކުރެވޭ ލިޔުންތަކާއި، ރޯޑްވާދިނަސް ފަސޭހައިން ފެންނާނެހެން ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

4- ރޯޑްވާދިނަސްގެ އެގްރީމަންޓްތައް، އިސްވެރިންގެ މަޝްވަރާއާއި ލަފާގެމަތިން އާކުރަންވާ ތާރީޚަށް ހެދުމާއި، މިހާރު އެގްރީމަންޓްކުރެވިފައިވާ ތަންތަނުގެ އެގްރީމަންޓްތައް މުއްދަތު ހަމަހަމަވުމުގެ ކުރިން އާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

5- ގަރާޖުތަކުން އަންނަ ރޯޑްވާދިނަސްގެ ޔައުމިއްޔާ، އޮފީހުގެ ޔައުމިއްޔާ ލިޔާ ފަރާތަށް އެދުވަހެއްގެ ރަސްމީގަޑި ނިމުމުގެކުރިން ދިނުން.

6- ގަރާޖްތަކުން އަންނަ ރޯޑްވާދިނަސްތަކުގެ ރިޕޯޓްތައް ފަސޭހައިން ފެންނާނެފަދަ ގޮތަކަށް ދުވަހުން ދުވަހަށް ފައިލްކުރުން.

7- ޑޮމެއިން ނަންބަރު އިޢުލާންކޮށް، ނީލަން ކިޔުމުގެ މަސައްކަތް، ހަވާލުވެ ހުންނެވި ވެރިއެއްގެ މަޝްވަރާގެމަތިން ގަވާއިދާ އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ބިޒްނަސް މެނޭޖްމަންޓް/ފްރަންޓް އޮފީސް މެނޭޖްމަންޓް/އޮފީސް ސްކިލްސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

8. މަޤާމް:

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމް ނަންބަރު:

282126

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރައާއި ޢިނާޔަތްތައް:

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

މެޑިކަލް އިންޝުއަރެންސް:   

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން ހަމަޖައްސައިދެވޭނެ.

އިތުރުގަޑި:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމު އޮތް އޮފީހުގެ ނަމާއި، ވަޒީފާ އަދާކުރަންޖެހޭ ސެކްޝަނާއި، ވަޒީފާ އަދާކުރަންޖެހޭ ތަން:

މަޤާމް އޮތް އޮފީހުގެ ނަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް:

ރޯޑް ސޭފްޓީ ސެކްޝަން / ވެހިކަލް އިންސްޕެކްޝަން ޔުނިޓް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

 

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1- އެއްގަމު ލައިސަންސް ކާޑު ހެއްދުމަށްޓަކައި އާންމުފަރާތްތަކުން ފޯމު ހުށަހަޅާތާ ލަސްވެގެން 3 ދުވަހުގެ ތެރޭގައި ލައިސަންސް ކާޑުދޫކުރުމަށްޓަކައި، ސެކްޝަނަށް ފޯމު ލިބޭ ދުވަހު، ފޯމުގައިވާ ފޮޓޯ އުނިއިތުރެއް ނުގެނެސް ސްކޭން ކުރުމާއި، ފޯމުގައިވާ މަޢުލޫމާތު ކްރޮސް ޗެކްކުރުމަށްފަހު، ގަވާއިދާ އެއްގޮތަށް ކާޑު ޕްރިންޓްކުރުމާއި، ޕްރިންޓްކޮށްފައިވާ ކާޑު އެންކޯޑްކުރުމަށްފަހު، ކާޑު ދޫކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ 10:00 ގެ ކުރިން ޑެލިވަރީ ކައުންޓަރާ ކާޑު ހަވާލުކުރުން.

2- އެއްގަމު އުޅަނދުގެ ޢަމަލީ އިމްތިޙާނު ހެދުމަށް ނަން ނޯޓުކޮށްފައިވާ ފަރާތްތައް ތަރުތީބުން ޞައްޙަ މަޢުލޫމާތާއެކު ދުވަހުން ދުވަހަށް ލިސްޓަށް ނެގުމަށްފަހު އެދުވަހުގެ އޮފީސް ނިމުމުގެ ކުރިން އެގްޒަމިނަރާ ހަވާލުކުރުން.

3- އެއްގަމު އުޅަނދުގެ ޢަމަލީ އިމްތިޙާނު ބާއްވާ ގަޑިއަށް ސައިޓަށްގޮސް، ޢަމަލީ އިމްތިޙާނު ދިނުމުގެ އިންތިޒާމްތައް ދުވަހުން ދުވަހަށް ހަމަޖެއްސުމާއި، ހާޒިރީ ބެލެހެއްޓުމާއި، އިމްތިޙާނު ހިނގާ ނުހިނގާގޮތް މޮނިޓަރކޮށް ބެލެހެއްޓުން.

4- މަގުމަތީގައި ދިމާވާ ޓްރެފިކް މައްސަލަތައް ބަލައި ރިޕޯޓް ތައްޔާރުކުރުމާއި، އެއްގަމު އުޅަނދުގެ ލައިސަންދިނުމުގައި ދިމާވާ އެކިއެކި މައްސަލަ ބަލައި، އެކަންކަން ޙައްލުކުރުން.

5- މާލޭގެ އެކި ސަރަހައްދުތަކުގައި ޖަހާފައިވާ ޓްރެފިކްލައިޓްތަކުގެ ހާލަތު ހަފްތާއަކު 3 ދުވަހު ޗެކްކުރުން.

6- އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓްރީ ހެދުމުގެގޮތުން ބޭނުންވާ ގަރާޖްތައް ވެރިފަރާތުން ދެއްކުމުން، އެ ގަރާޖެއް ހުރީ ވެހިކަލް ވެއްދޭފަދަ ހާލަތެއްގައިތޯ ބެލުމަށް ކަނޑައެޅިފައިވާ ދުވަހު އެ ގަރާޖަށްގޮސް ގަރާޖު ޗެކްކުރުމާއި، ޓެކްސީ ޗެކްކުރަން ހަވާލުކޮށްފިނަމަ، ޗެކްކުރަން ކަނޑައެޅިފައިވާ ޓެކްސީތައް ހަމަޖައްސާފައިވާ ގަޑިއަށް ޗެކްކުރަން ދިއުން.

މަޤާމުގެ ޝަރުޠުތައް:

 

 

އަސާސީ ޝަރުޠު:

1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ހިއުމަން ރިސޯސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ހިއުމަން ރިސޯސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާން ބާއްވާނެ ތާރީޚާއި ތަން:

 

 

އިންޓަވިއު ކުރުން:

- މި މަޤާމަށް  މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމަށް ކަނޑައަޅާފައިވާ އެންމެފަހު ތާރީޚުން ފެށިގެން 1 ހަފުތާގެ ތެރޭގައި ނުވަތަ 2 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

- އިންޓަވިއުގެ އިތުރުން ޕްރެޒެންޓޭޝަނެއް ނުވަތަ ޕްރެކްޓިކަލްއެއް ނުވަތަ އިމްތިޙާނެއް ދޭގޮތަށް ހަމަޖެހިފައިވާ ވަޒީފާއެއްނަމަ، އެކަމާ ގުޅޭ މަޢުލޫމާތު އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމްތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު، ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށްފަހު، 2016 އޮގަސްޓު 4 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއަށް ހުށަހެޅުން ނުވަތަ [email protected] އަށް މެއިލްކުރުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ،  މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.

- ދައުލަތް ނުވަތަ ސިވިލް ސަރވިސްގެ ވަޒީފާއަކުން ވަކިވެފައިވާނަމަ، ވަކިކުރިކަމުގެ ލިޔުމުގެ ކޮޕީ.

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތްކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

އިތުރު މަޢުލޫމާތު:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އޮތޯރިޓީގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ www.transport.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮތޯރިޓީގެ 3343420 ނަންބަރު ފޯނަށް، ނުވަތަ 3343421 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލްކުރުން އެދެމެވެ.

13 ޝައްވާލް 1437

18 ޖުލައި 2016
ހޯދާ