މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތި ގަންނަން ބޭނުންވެއްޖެ

އިއުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވލޮޕްމަންޓަށް ލެޕްޓޮޕް ހޯދުމަށް ބޭނުންވެގެން ކުރުވުނު ނަންބަރު(IUL)101-AF/1/2016/105  އިޢުލާނުގައި މަޢުލޫމާތު ފުރިހަމަވެފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.

1. ސްޕެސިފިކޭޝަން

ބޭނުންވާ ތަކެތި

ލެޕްޓޮޕް

ބޭނުންވާ އަދަދު

7

ތަފުސީލު

 

I3 6th Generation

CPU

DDR3 4GB / 1600

RAM

500GB SATA

HARD DISK

14 Inches

DISPLAY (SCREEN SIZE)

FREE OS

OPERATING SYSTEM

2. ބިޑު ނުވަތަ އަންދާސީހިސާބު ހުށަހެޅުން

2.1 އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތުކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމާ އެކުގައި، 2016 ޖުލައި 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓްގާޑާ ޖެހިގެން އިރަށް ހުންނަ) އިމާރާތަށެވެ. "ބިޑް ހުށަހަޅާ ފޯމު" މިކަރުދާހުގައި ހިމަނާފައިވާނެއެވެ. ވުމާއެކު، ބިޑް ހުށަހަޅާ ފޯމު ހިމަނާފައިނުވާ ބިޑްތައް ބަލައިނުގަނެވޭނެއެވެ.

2.2 މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އާއި އިތުރު ޚަރަދުތައްވެސް ހިމަނައިގެންނެވެ. މިއަގުގެ ތެރޭގައި ފޮރުވިފައިވާ އެއްވެސް އިތުރު ފީއެއް ނުވަތަ ޓެކުހެއް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާ ލައިސަންސް ފީއެއް ފަދަ އެއްވެސް ފައިސާއެއް ހިމެނިގެންނުވާނެއެވެ.

2.3 ބިޑް ހުށަހަޅާއިރު އިޢުލާނުގައިވާ ސްޕެސިފިކޭޝަންގެ ތަކެތީގެ ތަފުސީލު ހިމެނޭ ސްޕެސިފިކޭޝަން ޑޮކިއުމެންޓެއް ހުށަހަޅަންވާނެއެވެ. މިކަރުދާހުގައި މޮޑެލް، ބްރޭންޑް އަދި ޓެކްނިކަލް ޑޭޓާޝީޓް ހިމަނަންވާނެއެވެ.

2.4 ބިޑް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގޭ ވިޔަފާރިއަކަށް ވާންޖެހޭނެއެވެ.

2.5 އަންދާސީހިސާބު ހުށަހަޅަނީ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ސޯލްޓްރޭޑަރއެއްގެ ނަމުގައި ނަމަ، އެ ވިޔަފާރި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް ހުށަހަޅަންވާނެއެވެ.

2.6 އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

މާލެ، ދިވެހިރާއްޖެ

2.7 އަންދާސީހިސާބު ހުޅުވާނީ 2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.

3. ހުށަހަޅަންޖެހޭ ތަކެތި

    3.1 ބިޑް ސަބްމިޝަން ފޯމު

    3.2 ކުންފުނީގެ ޕްރޮފައިލް

    3.3 ޕްރޮޕޯޒަލް (ރިފަރެންސް ޑޮކިއުމެންޓާއެކު، 3.2 ގައިވާ މަޢުލޫމާތު ހިމަނައިގެން)

    3.4 ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީއެއް

4. މާކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު

#

މާކްސް ދެވޭ ކަންކަން

މާކްސް ދެވޭ %

ތަފުސީލު

4.1

އަގު

40%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.2

ސްޕެސިފިކޭޝަނަށް ދޭ މާކްސް

30%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ މަތީ ސްޕެސިފިކޭޝަނަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ސްޕެސިފިކޭޝަންތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

4.3

ޑެލިވަރީކޮށްދޭނެކަމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް

5%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.4

ތަކެތީގެ ވޮރަންޓީ

15%

  • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުގެ މެދުގައި ބަހާލައިގެންނެވެ.

4.5

މަސައްކަތުގެ  ތަޖުރިބާ

10%

  • މަސައްކަތުގެ ތަޖުރިބާއަށް ދޭ މާކްސް.
  • މާކްސް ދިނުމުގައި ބަލާނީ މިފަދި މަސައްކަތް ދީފައިވާ ފަރާތްތަކުން، މަސައްކަތް ކާމިޔާބުކަމާއެކު ކޮށް ނިންމައިދީފައިވާ ކަމަށް ބަޔާންކޮށް ދީފައިވާ ލިޔުމުގެ އަދަދަށް ބަލައި، އެންމެ ގިނަ އަދަދަކީ ބެންޗްމާކް ކަމުގައި ބަލައިގެންނެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3333119 އަށް ގުޅުއްވުން އެދެމެވެ.

ނޯޓް: ބިޑް އިވެލުއޭޝަނަށްފަހު، އެއްވެސް ޝަކުވާއެއްވާނަމަ މިމިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.

17 ޖުލައި 2016
ހޯދާ