އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
ހެލްތު އެސިސްޓެންޓް (މެންދުރު ފަހު ދަންފަޅި)

މަޤާމް :ހެލްތު އެސިސްޓެންޓް (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މުވައްޒަފުން ބޭނުންވާ މަޤާމުތައް 

މަޤާމު:                ސްކޫލް ހެލްތު އޮފިސަރ (ކޮންޓްރެކްޓް)، މެންދުރުފަހު ދަންފަޅިއަށް

ކްލެސިފިކޭޝަން:           ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:                އެމް.އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން:   އަމީނިއްޔާ ސްކޫލް  

ބޭނުންވާ ޢަދަދު:           01

މުސާރަ:               މަހަކު -/5610 ރ.

ސަރވިސް އެލަވަންސް:      މަހަކު  -/2000 ރ.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

4. މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ސްކޫލުގެ ދަރިވަރުންނާއި، ޓީޗަރުންނާއި، ބެލެނިވެރިންނަށް ޞިއްޙީ ޕްރޮގްރާމް ރާވައި ހިންގުން.

2. ސްކޫލުގެ ބޯފެނާއި ޢާންމު ސާފުތާހިރުކަން ބަލަހައްޓައި، އެކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

3. ސްކޫލް ތެރޭގައި ދަރިވަރުންނަށް ދިމާވާ އެކިއެކި ޞިއްޙީ މައްސަލަތަކުގައި ފަސްޓްއެއިޑް ދިނުން.

4. މަދިރިން ރައްކާތެރިވުމުގެގޮތުން މަދިރިބޭސް ޖެހުން.

5. ސްކޫލުގެ ހެލްތާ ގުޅޭ އިޖުތިމާޢީ ހަރަކާތް ހިންގުން.

6. ސްކޫލުގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންނަށް އަމާޒުކޮށް ފަސްޓްއެއިޑް ޓްރެއިނިންގތަކެއް ހިންގުން.

7. ލިޓްލްމެއިޑް، ގައިޑް، ކަބްސްކައުޓް، ސްކައުޓް ކުދިންގެ ފަސްޓް އެއިޑް ސެޝަންތައް ނަގައިދިނުން.

8. ދަރިވަރުން ބައިވެރިވާ ކުޅިވަރު މުބާރާތްތަކާއި ކޭމްޕްތަކުގައި ފަސްޓްއެއިޑެއްގެ ރޯލު އަދާކުރުން.

9. ސްކޫލްގައި ދަރިވަރަކަށް ބޮޑު ޞިއްޙީ މައްސަލައެއް ދިމާވެގެން ހޮސްޕިޓަލަށް ގެންދަންޖެހޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ، އެކަން ކުރެވޭނޭ އިންތިޒާމު އަބަދުވެސް ހަމަޖައްސާފައި ބެހެއްޓުން.

10. ދަރިވަރުންނަށް ދެވޭ ފަނިބޭހާއި ވިޓަމިން އޭ ކެޕްސޫލް ގަވައިދުން ދިނުމަށްފަހު، ރިޕޯޓު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

11. ކޮންމެ އަހަރެއް ނިމުމުން، ސްކޫލުގައި ހިންގުނު ހެލްތު ޕްރޮގްރާމާބެހޭ މަޢުލުމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު، (ފުރިހަމަކޮށް ހުށަހަޅަންޖެހޭ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.

- ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާ ފަރާތެއްނަމަ، ވަޒީފާގައިއޮތް މަސްއޫލިއްޔަތު އެނގޭ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި ސްކޫލުގެ އޮފީހަށެވެ. ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2016 ޖުލައި 25 ވާ  ހޯމަދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިންނެވެ.

ނޯޓު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3008736 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

09 ޝައްވާލް 1437

14 ޖުލައި 2016
ހޯދާ