ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލާ ގުޅޭ

އިޢުލާން

ރުއްގަހުގެ ބަދަލާ ގުޅޭ؛

މިރަށު ގަބުރުސްތާނުގެ ދެކުނުން އޮތް ހުސްބިން، ގަބުރުސްތާނުގެ ބައެއްގެ ގޮތުގައި މި ކައުންސިލުން ހަމަޖައްސާފައިވާތީ، މި ބިމުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ ބަދަލުގެ ކަންތައްތައް ނިންމަން ބޭނުންވެއެވެ.

ވީމާ، ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން އެ ބިމުގައި ހުރި އެމީހެއްގެ ރުކުގެ އަދަދު (ވަށައިގަންނަ ވަކަރުލާ މޮޅު، ފޯދުނު މެދުމިނުގެ، ފޯދުނު ދެރަ، ނުފޯދޭ ބޮޑު، ނުފޯދޭ މެދުމިނުގެ އަދި ނުފޯދޭ ކުޑަ) އާއި ގަހެއް ވާނަމަ، އެ ގަހެއްގެ ބާވަތާއި ގަހުގެ ވަށަމިން އެނގޭނޭ ގޮތަށް 2016 ޖުލައި 31 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގައި އެއްވެސް ފަރާތަކުން ހުށަނާޅައިފިނަމަ، މިލްކުވެރި ފަރާތެއްނެތްކަމަށް ބަލައި މި ރުއްގަސް ނައްތާލެވޭނެއެވެ. މި އިޢުލާނާއެކު އެ ސަރަޙައްދުގެ ޗާޓެއް އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                      

30 ރަމަޟާން 1437

05 ޖުލައި 2016
ހޯދާ