ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ފީއަލީން ގޯތި ދޫކުރުން

އިޢުލާން

ދިރިއުޅުމަށްޓަކައި ފ. ފީއަލީން ގޯތި ދޫކުރުން

ދިރިއުޅުމަށްޓަކައި މިރަށުން (ފ. ފީއަލީން) ބަންޑާރަގޯތި ބޭނުންވާ ފަރާތްތަކަށް ގޯތި ދޫކުރުމަށް މި ކައުންސިލުން ކަނޑައަޅައިފީމެވެ. އެގޮތުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 1500 އާއި 2000 އަކަފޫޓާ ދެމެދުގެ 28 ގޯއްޗެވެ.

ވީމާ، ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު ނަންގަވައި ފުރިހަމަކުރެވުމަށްފަހު، 2016 އޮގަސްޓު 11 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފ. ފީއަލީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ދޫކުރާނީ މިއަދުން ފެށިގެން 2016 އޮގަސްޓު 09 ވާ އަންގާރަ ދުވަހުގެ ނިޔަލަށް މި އިދާރާއިންނެވެ. މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާޠިލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ފ. ފީއަލީން ގޯތި ލިބޭ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ދިވެހި ރައްޔިތެއްކަމުގައިވުން
  2. އުމުރުން 18 އަހަރުވެފައިވުން
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5. ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވުން.
  6. އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރުދުވަހަށްވުރެ ގިނަ ދުވަސް ވެފައިވުން.
  7. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެމީހަކަށް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއާއި އެމީހާގެ ބެލުމުގެ ދަށުގައިވާ މީހުންގެ ބިމުގެ ތަނަވަސްކަމާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެމައްޗަށް ރިޢާޔަތްކޮށް، އަދި ގޯއްޗަށް އެދިފައިވަނީ ދެމަފިރިން ކަމުގައިވާނަމަ، ދެމަފިރިންނަށް ދެ ގޯތި ނުނެގޭނެ ގޮތެއް ބަލައި، އެމީހަކީ ގޯއްޗެއް ބޭނުންވެފައިވާ މީހެއްކަމަށް ގަވާއިދުގެ ދަށުން އެކުލަވާލާ ކޮމެޓީއަށް ފެނުން.

ފ. ފީއަލީން ގޯތިދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު އަދި ޕޮއިންޓް ދޭނެގޮތުގެ ތަފުސީލު މި ކައުންސިލްގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަނުވާ ފޯމުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ނޯޓް: ގޯތި ލިބޭ މީހުން ހޮވާނީ ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ބައިތަކުގެ ތެރެއިން 60 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6740012 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ