މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް

މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް

މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ދަޢުވަތު ދިނުމަށާއި، ޕްރޮޕޯޒަލް ހުށަހަޅާނެ ގޮތާއި ހުށަހެޅޭ ޕްރޮޕޯޒަލްތަކާމެދު ޢަމަލުކުރާނެ ގޮތް ބަޔާންކުރުމަށްޓަކައި، މި މިނިސްޓްރީން ޢާންމުކޮށްފައިވާ ނަންބަރު: IUL)101-AF/1/2016/77) (24 މޭ 2016) އިޢުލާނުގެ 5 ވަނަ ނުކުތާ އަންނަނިވި ގޮތަށް އިޞްލާޙުކޮށްފައިވާކަން އަންގައި އިޢުލާނުކުރަމެވެ.

5. މޮޓޯސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި އެކަށީގެންވާ ޕްރޮޕޯޒަލެއް ލިބިފައިނުވާނަމަ، ހުށަހެޅިފައިވާ އެންމެހާ ޕްރޮޕޯޒަލްތައް ބަލައިނުގަނެ މިއިޢުލާނު ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު، މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

އަދި އިސްވެދެންނެވުނު ބަދަލާ ގުޅިގެން، މި މިނިސްޓްރީން 8 ޖޫން 2016 ވީ ދުވަހު ޢާންމުކޮށްފައިވާ TERMS OF REFERENCE/INFORMATION SHEET – INTRODUCING MOTORCYLE TAXI SERVICES IN THE MALDIVES އިޞްލާޙުކޮށް، މިމިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާނެ ވާހަކަ ދެންނެވީމެވެ. 

05 ޖުލައި 2016
ހޯދާ