މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މިދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގެ ފަރާތުން ކޮންމެ 2 އަހަރުން 1 އަހަރު އެވޯޑެއް ދިނުމަށް ނިންމާފައިވާތީ، މިއެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

1- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ފަރާތްތައް (5 ފަރާތެއް)

2- ރާއްޖެއަށް އެކިގޮތްގޮތުން ރީތި ނަން ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް

3- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަޢުލީމު ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތް)

4- ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް (2 ފަރާތެއް)

5- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާ (1 ފަރާތް)

6- ފަންނީގޮތުން ނުކުޅެދުންތެރިކަމަށް މަސައްކަތްކުރާ ފަރާތްތައް (2 ފަރާތެއް)

7- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަކެތި އަދި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތް (1 ފަރާތް)

8- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދޭ ފަރާތް (1 ފަރާތް)

9- ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތް ދޭ ފަރާތް (1 ފަރާތް)

މިދާއިރާތަކުން މިއެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަށް ހުށަހަޅާ ފަރާތްތައް ހޮވާނީ މި މިނިސްޓްރީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުން މިކަމަށް ޚާއްޞަކޮށްގެން ހަދާފައިވާ މާކްސް ދޭނެ އުސޫލާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި އެވޯޑަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުކޮށްގެންނެވެ. އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ މިކަމަށް އެކުލަވާލާ ޚާއްޞަ ކޮމިޓީއަކުންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • އެވޯޑަށް އެދި ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ / މުއައްސަސާއެއް ނަމަ މުއައްސަސާގެ ރަޖިސްޓަރީގެ ކޮޕީ
  • ވަނަވަރު އަންގައިދޭ ލިޔުމެއް ނުވަތަ އޯޑިއޯއެއް
  • ހުށަހަޅާ ކަންތައްތަކުގެ ޞައްޙަކަން އަންގައިދޭ ލިޔުންތައް
  • އެވޯޑަށް އެހެން ފަރާތެއްގެނަން ހުށަހަޅުއްވާނަމަ (ނޮމިނޭޓް ކުރައްވާނަމަ) ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމެލީގެ (ގ.ބިއްލޫރިޖެހިގެ) ކައުންޓަރުންނާއި، މި މިނިސްޓްރީގެ ވެބްސައިޓް www.mlg.gov.mv އަދި މިނިސްޓްރީގެ ދަށުން އަތޮޅުތެރޭގައި ހިންގާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކުން ލިބިވަޑައިގަންނަވާނެއެވެ. މިއެވޯޑު 2012 އަދި 2014 ވަނަ އަހަރު ލިބިލައްވާފައިވާ ފަރާތްތަކަށް މިއަހަރު ކުރިމައްޗެއް ނުލެއްވޭނެއެވެ.

މިއެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖުލައި 2016 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިންނެވެ.

29 ރަމަޟާން 1437

04 ޖުލައި 2016
ހޯދާ