ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ވިއްކައިދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

މިއިދާރާއަށް ގަންނަން ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ވިއްކައިދޭނޭ ފަރާތެއް ހޯދުމަށް އެދި ކޮށްފައިވާ ނަންބަރު: 374-C/2016/45 (05 ޖޫން 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް، ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑުކަމަށްފެންނާތީ އެ އަންދާސީހިސާބުތައް ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

01 ސާވަރ ސިސްޓަމް

02 ވަޔަޑް މައިކް

03 މައިކް ސްޓޭންޑް

06 މޭޒުމަތީ ފޯނު

02 ބެންޗް ސެޓް (04 ގޮނޑީގެ)

30 ދަގަނޑު ހޮޅި  ¼1

06 ލެޕްޓޮޕް

200 ޕްލާސްޓިކް ގޮނޑި އަތްގަނޑު ނުލާ

01 ޕްރިންޓަރ HP

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ތާރީޚަށް މިއިދާރާ ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައަޅާފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ގަތުމަށް ބޭނުންވާ ތަކެތި ވިއްކުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން

ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

މަޢުލޫމާތު ސާފުކޮށްދިނުން

10 ޖުލައި 2016 އާދީއްތަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި އަންދާސީހިސާބު ކެނޑުން

14 ޖުލައި 2016 ބުރާސްފަތި ދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ