އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފޭދޫއަވަށު ފުޓްބޯޅަދަނޑުގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

އައްޑޫސިޓީގެ ފޭދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތް.

އައްޑޫސިޓީގެ ފޭދޫއަވަށުގެ ފުޓްބޯޅަދަނޑުގައި ފެންސް ނުޖެހިވާބައިގައި ފެންސް ޖަހައި ގޭޓްލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)426-AB/426/2016/55 އިޢުލާނަށް ހުށަހެޅުނު އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑުއަގުތަކެއް ކަމަށްވާތީ މިއިޢުލާން ބާޠިލުކޮށް، އަލުން މިފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަދުވަހުގެ ހެނދުނު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 13 ވާ ބުދަދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.

24 ރަމަޟާން 1437 

29 ޖޫން 2016
ހޯދާ