މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016

އިޢުލާން

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 17 ނޮވެންބަރު 2016 ގައެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު މިދަންނަވާ ދާއިރާތަކަށް ވަނީ ހުޅުވާލެވިފައެވެ.

 1. އަމިއްލަ ފަރުދުންގެ ދާއިރާ
 2. ރަށުފެންވަރުގައި ތަކެތި ބައިވެރިކުރުމުގެ ދާއިރާ  
 3. ވިޔަފާރީގެ ދާއިރާ
 4. ސްކޫލް، ކޮލެޖް، ފެކަލްޓީ ފަދަ ތަޢުލީމީ މަރުކަޒުތަކުގެ ދާއިރާ
 5. ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ
 6. ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ދާއިރާ

މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް އެދޭ ފަރާތްތަކުން، މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު 2016 އޮކްޓޫބަރު 31 ވާ ހޯމަ ދުވަހުގެ 02:00 ގެ ކުރިން، ހުށަހެޅުއްވުން އެދެމެވެ. ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ތަންތަން މިދަންނަވަނީއެވެ. ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުން މައުރަޒުގައި ބައިވެރިކުރާ ތަކެތި ހުށަހެޅުމުގެ އެންމެފަހު ތާރީޚު ފަހުން އިޢުލާން ކުރެވޭނެއެވެ.

 1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/ ބޮޑުތަކުރުފާނު މަގު
 2. ބިޒްނަސް ސެންޓަރ/ ހދ. ކުޅުދުއްފުށި
 3. ބިޒްނަސް ސެންޓަރ/ އައްޑޫ ސިޓީ
 4. ބިޒްނަސް ސެންޓަރ/ދ. ކުޑަހުވަދޫ
 5. ބިޒްނަސް ސެންޓަރ/ލ. ފޮނަދޫ
 6. ބިޒްނަސް ސެންޓަރ/ޅ. ނައިފަރު
 7. ބިޒްނަސް ސެންޓަރ/ގ.ދ ތިނަދޫ

ފޯމު ހުށަހެޅުއްވުމުގައި، އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާ ފޯމުވެސް ޤަބޫލުކުރެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ.

މައުރަޒުގައި ތަކެތި ބައިވެރި ކުރުމަށް 61 ގިންތި ކަނޑައެޅިފައިވެއެވެ. މި ގިންތިތަކުގެ ތަފުސީލު މި ދަންނަވަނީއެވެ.

ނަންބަރު

ގިންތީގެ ކޯޑު ނަންބަރު

ގިންތީގެ ތަފުސީލު

1

0101

ލާޖެހި ތަކެތި

2

0102

ދިވެހިރާއްޖެ ރަމްޒުކޮށްދޭ ސްވެނިއަރ

3

0103

ދިރޭތަކެތީގެ ހަން (ލެދަރ) ބޭނުންކޮށްގެން ތަކެތި އުފެއްދުން

4

0104

ކަނޑައިނެގުން (ކާވިންގ)

5

0105

ކަސަބުން އުފައްދާ ތަކެތި

6

0106

ވިޔުމުގެ މަސައްކަތް

7

0107

ކުނަލާއި ކުނަލުގެ އުފެއްދުން

8

0108

އަތްތެރި މަސައްކަތުގެ އެހެނިހެން ބައިތައް

9

0209

ދަނޑުވެރިކަމުގެ އުފެއްދުންތައް (ވެލިއު އެޑިޝަން)

10

0210

ދަނޑުވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތައް

11

0211

ދަނޑުވެރިކަމުގެ އާލާތް (ޓޫލްސް/މެޝިނަރީ)

12

0312

މަހުގެ އުފެއްދުންތައް (ވެލިއު އެޑިޝަން)

13

0313

މަސްވެރިކަމުގެ ދާއިރާގެ އާ އުފެއްދުންތައް

14

0314

މަސްވެރިކަމުގެ އާލާތް (ޓޫލްސް/މެޝިނަރީ)

15

0415

ފަތުރުވެރިކަމާ ގުޅުންހުރި އާ އުފެއްދުންތައް

16

0516

ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުތައް

17

0517

ކަނޑުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް

18

0518

ކަނޑުދަތުރުގައި ބޭނުންކުރާ އާލާތްތައް

19

0519

ކަނޑުދަތުރުގެ އާ އުފެއްދުންތައް

20

0520

ވައިގެދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލް

21

0521

ވައިގެދަތުރުގެ އާ އުފެއްދުން

22

0522

އެއްގަމުދަތުރުގައި ބޭނުންކުރާ އުޅަނދުގެ މޮޑެލްތައް

23

0523

އެއްގަމުދަތުރުގެ އާ އުފެއްދުން (މޮޑެލް)

24

0624

ޢިމާރާތްކުރުމުގައި ބޭނުންކުރާ އާލާތްތައް

25

0625

ޢިމާރާތްކުރުމުގައި ބޭނުންކުރާ އާ އުފެއްދުންތައް

26

0626

މޭސްތިރިކަން (އާކިޓެކްޗަރ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލް

27

0627

އެތެރެ ފަރުމާ (އިންޓީރިއާ ޑިޒައިން) – ތްރީޑީ ނުވަތަ މޮޑެލް

28

0728

ފޯނު އެޕްލިކޭޝަން

29

0729

ކޮމްޕިއުޓަރ ސޮފްޓްވެއަރ އުފެއްދުން

30

0730

ކޮމްޕިއުޓަރ އެނިމޭޝަންގެ އުފެއްދުން

31

0731

އައި.ސީ.ޓީ ގެ އުފެއްދުން

32

0732

ދިވެހިރާއްޖޭގެ ޞިނާޢަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ

33

0833

ކުރެހުން (ޑްރޯވިންގ)

34

0834

ޕެއިންޓިންގ

35

0835

ސްކަލްޕްޗަރ އަދި މޮނިއުމެންޓްސް

36

0836

ޑިޖިޓަލް އާޓްސް

37

0837

ފައިން އާޓްސް

38

0838

ޕޯސްޓްކާޑު

39

0839

އާޓްގެ އެހެނިހެން ބާވަތްތައް

40

0940

ފޮތީގެ އަދި ފެހުމުގެ އުފެއްދުން

41

0941

އެމްބްރޮއިޑަރީގެ މަސައްކަތް

42

1042

ރަންރިހީގެ އުފެއްދުން

43

1043

ބޫޓު/ދަބަސް ފަދަ ތަކެތި

44

1044

ޕާރސަނަލް އެކްސެސަރީޒް

45

1145

އިއާދަކުރަނިވި ހަކަތައާއި ތިމާވެށްޓާ ރައްޓެހި ހަކަތަ (ރިނިއުއެބަލް/ގްރީން އެނަރޖީ) ބޭނުންކޮށްގެން އުފައްދާފައިވާ މޮޑެލްތައް

46

1246

ދިވެހިރަހަތައް ވަގުތުން ތައްޔާރުކުރުން (ޓޭސްޓްސް އޮފް މޯލްޑިވްސް)

47

1247

ދިވެހި ބުއިންތައް ވަގުތުން ތައްޔާރުކުރުން

48

1348

އިންޖިނިއަރިންގ އެންޑް މެޝިނަރީ – ޕްރޮޑަކްޓް

49

1349

އިލެކްޓްރޯނިކްސްގެ އުފެއްދުންތައް

50

1550

ރީޔޫސް، ރީސައިކަލްގެ އުފެއްދުން

51

1651

ލަކުޑީގެ މަސައްކަތް

52

1752

ގަލުގެ މަސައްކަތް

53

1853

ކިޔަވައިދިނުމުގެ އެހީ (ޓީޗިންގ އެއިޑްސް)

54

1954

ފޮތް (ލިޓްރެޗަރ)

55

2055

ފޮޓޯގްރަފީ – ޑިޖިޓަލް އަދި ޕްރިންޓިންގ ފޮޓޯ

56

2156

ޑޮކިއުމެންޓްރީ (30 މިނިޓާއި 1 ގަޑިއިރާ ދެމެދު)

57

2257

ދަނގަޑާއި އެހެނިހެން މަޢުދަނުގެ އުފެއްދުން

58

2358

ފައިބަރުގެ މަސައްކަތް

59

2459

ކުޑަކުދިންގެ ފޮތާއި ކުޅޭސާމާނު

60

2560

ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭނެ ތަކެތި

61

2665

ކަނޑައަޅާފައިވާ ބައިތަކުގެ ތެރޭގައި ނުހިމެނޭ ތަކެތި

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު 2016 ގައި ޢަމަލުކުރާ އުސޫލު www.mauraz.gov.mv ވެބްސައިޓުން ލިބޭނެއެވެ. މައުރަޒުގެ މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނެ ނަންބަރުތައް މިދަންނަވަނީއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް/މައުރަޒު އޮފީސް 7930298، 7930312، 7996790

ހދ. ކުޅުދުއްފުށި ބިޒްނަސް ސެންޓަރ: 6528313   

އައްޑޫ ސިޓީ ބިޒްނަސް ސެންޓަރ:   6881013

ދ.ކުޑަހުވަނދޫ ބިޒްނަސް ސެންޓަރ:   6760533                     

ލ. ފުނަދޫ ބިޒްނަސް ސެންޓަރ:    6800097

ޅ. ނައިފަރު ބިޒްނަސް ސެންޓަރ:   6620350

ގ.ދ ތިނަދޫ ބިޒްނަސް ސެންޓަރ:   6842001

މައުރަޒާބެހޭ އިތުރު މަޢުލޫމާތު މައުރަޒުގެ ވެބްސައިޓުގައި ހިމަނަމުން ގެންދެވޭނެކަމަށާއި މައުރަޒުގައި ބައިވެރިވުމަށް އެދޭ ފޯމު www.mauraz.gov.mv އިން ލިބެން ހުންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

25 ރަމަޟާން 1437

30 ޖޫން 2016
ހޯދާ