މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބޭނުމަށް ވައިފައި އެކްސެސް ޕޮއިންޓް ގަންނަން ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ބޭނުމަށް ވައިފައި އެކްސެސް ޕޮއިންޓް ގަތުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 17 ވާ އާދީއްތަ ދުވަހު ހެނދުނު 10:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 23 ރަމަޟާން 1437

28 ޖޫން 2016
ހޯދާ