ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސޭލްސްމަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެއަށް ސޭލްސްމަނެއް ހޯދުމަށް އާންމުކޮށް އިޢުލާނުކުރީމެވެ.

މަޤާމް:

ސޭލްސްމަން

މަޤާމުގެ ކްލެސިފިކޭޝަން ރޭންކާއެކު:

އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/3،700 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގެ

ތަޢުލީމާއި ތަޖުރިބާ:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

3. މި މަސައްކަތާ ގުޅުންހުރި ދާއިރާއަކުން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ސޭލްސްމަންގެ މަސްއޫލިއްޔައްތުތައް:

1. ތެޔޮ ސެންޓަރަށް ގެންނަ ތެޔޮ ޓޭންކަށް އެޅުމުގެ ކުރިން ތެލުގެ ސާފު، ނުސާފު ބެލުމާއި، ތެލުގައި ފެންހުރިތޯ ބަލައި، ރަނގަޅު ތެޔޮ ނޫނީ ޓޭންކަށް ނޭޅުން.

2. ތެޔޮ ސެންޓަރުން ވިއްކާ ހުރިހާ ބާވަތެއްގެ ތެލުގެ ސްޓޮކު ވަކިން ބެލެހެއްޓުމާއި، ތެޔޮ ހުސްވުމުގެކުރިން ތެޔޮ ގެނެވޭނެ މުއްދަތު އޮއްވައި، ތެޔޮފިހާރަ ހިންގަން ހުންނަ ވެރިއަކަށް ދެންނެވުމާއި، އިންޖީނުގެއަށް 15 ދުވަހަށް ބޭނުންވާވަރަށް ތެޔޮ ބެހެއްޓުމާއި، ތެޔޮ މަދުވުމުން، ވެރިންގެ މަޝްވަރާޔާއެކު ކޮންޓްރޯލްކޮށްގެން ތެޔޮ ވިއްކުން.

3. ޓޭންކުތަކަށް ތެޔޮ އެޅުމުން ތެލުގެ ޑެލިވަރީ ނޯޓް ހޯދައި، ތެލާ ހަވާލުވެ، ސޮއިކޮށް، އެޑްމިނިސްޓްރޭޓިވް އޮފިސަރާ ޑެލިވަރީ ނޯޓު ހަވާލުކުރުން.

4. ތެލުގެ އަގަށް ބަދަލެއް އަތުވެއްޖެކަން އެނގިއްޖެނަމަ، ތެޔޮ ފިހާރަ ހިންގުމާ ހަވާލުވެހުންނަ ވެރިއެއްގެ މަޝްވަރާޔާއެކު އައި ބަދަލާ އެއްގޮތަށް ތެލުގެ އަގަށް ބަދަލުގެނެސްގެން ނޫނީ ތެޔޮ ނުވިއްކުން.

5. ކުރެޑިޓަށް ދޫކުރެވޭ ތެޔޮ އިދާރާއިން ދޫކުރާ ސްލިޕް ހިފައިގެން ދިއުމުން ނޫނީ ދޫނުކުރުން.

6. ރައްޔިތުންގެ މުއައްސަސާއިން ހަމަޖައްސާ އުސޫލާ އެއްގޮތްވާގޮތުގެމަތިން ތެޔޮ ވިއްކުމުގެ މަސައްކަތް ކުރުން.  

7. ތެޔޮ އަޅާ ޓޭންކުތަކަށް ގެއްލުމެއް ލިބޭތޯ ބެލުމާއި، ދަބަރުޖެހިޔަނުދީ ދަވާދުލައި ބެލެހެއްޓުމާއި، ޓޭންކުގެ އެތެރެ ނުސާފުވެ ތެޔޮ ހަޑިވާކަން އެނގިއްޖެނަމަ މިނެގެން ތެޔޮ ބޭރުކުރުމާއި، އެފަދަ ތެޔޮވެސް ސްޓޮކުން އުނިކުރުން.

8. ތެޔޮ ސެންޓަރުގައި ގެންގުޅޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

9. ރައްޔިތުންގެ މާލިއްޔަތުގެ ކާށީގެ އެރިނަގައި ކާށީގެ ހިސާބު ބެލެހެއްޓުމާއި، ދެހަފުތާއިން އެއްހަފުތާގައި ކާށި ވިއްކުމާއި، ތެޔޮ ސެންޓަރުގެ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގާ މަސައްކަތް ކުރުން.

10. ރަށުގެ އަމަންއަމާންކަމާއި އާންމު މަޞްލަޙަތު ހިފެހެއްޓުމަށް މަސައްކަތްކުރުން.

11. ރަށުކައުންސިލްގެ ފަރާތުން ރާވާއި އިންތިޒާމްކުރައްވާ ކަންތައްތަކުގެ ތެރެއިން ރައްޔިތުންނާ ގުޅުންހުރި ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

12. ރަށުކައުންސިލްގެ ފަރާތުން އިންތިޒާމްކުރައްވައިގެން ރަށުގައި ކުރައްވާ އެކިއެކި އިޖުތިމާޢީ މަސައްކަތްތަކާއި ރަށުގެ ތަރައްޤީއަށް ކުރައްވާ އެކިއެކި މަސައްކަތްތަކުގައި ފުރިހަމަޔަށް ބައިވެރިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީނު.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

4. ގިނަވަގުތު މަސައްކަތުގެ އުޅެވޭ ފަރާތްތަކަށްވުން.

5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2016 ޖުލައި 4 ވާ ހޯމަދުވަހުގެ 12:00 ގެ ކުރިން، "ރައްޔިތުންގެ ވަޒީފާއަށް އެދޭ ފޯމު" ފުރިހަމަކުރުމަށްފަހު، ފ. ނިލަންދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2016 ޖުލައި 5 ވާ އަންގާރަ ދުވަހުގައި، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ވީމާ، އެ ތާރީޚުގައި އިންޓަވިއުއަށް ތައްޔާރުވެ ރަށުގައި ތިބުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:
ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތުގެ ފައިސާއާއި، އެހެނިހެން އެލަވަންސާއި، ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ފ. ނިލަންދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)

4. ސްކޫލެއްގައި އުޅެފައިވާނަމަ، ލީވިންގ ސެޓުފިކެޓުގެ ކޮޕީ.

5. ވަޒީފާއެއްގައި އުޅާ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.

6. ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ފ. ނިލަންދޫ ރައްޔިތުންގެ އިންޖީނުގޭ ސޭލްސްމަނެއްގެ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ/އިދާރާގެ ލިޔުމެއް (މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން/އިދާރާއިން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)

9. ވަޒީފާއަށް އެދި ހުށަހެޅި ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން (ހުށަހެޅި ފަރާތުގެ ސޮއިކޮށްފައިވާ)

އެހެނިހެން ކަންކަން:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ، މީލާދީގޮތުން އުމުރުން 55 އަހަރު ހަމަވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެއެވެ.

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

- މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޠު ހަމަވާ މީހަކު ނުލިބިއްޖެނަމަ، ކުރިމަތިލާފައިވާ ފަރާތްތަކުން އެންމެ ރަނގަޅު ފަރާތެއް ހަމަޖެއްސޭނެއެވެ. ނަމަވެސް ޝަރުޠު ހަމަނުވާ މީހެއްނަމަ، މުސާރަ ދެވޭނީ، މަޤާމުގެ މުސާރައިގެ % 85 އަށްވާ މިންވަރަށެވެ. 

އިތުރު މަޢުލޫމާތު ހޯދަން ހަދަންޖެހޭގޮތް:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، ފ. ނިލަންދޫ ކައުންސިލް އިދާރާގެ 6740016 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6740598 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

21 ރަމަޟާން 1437

26 ޖޫން 2016
ހޯދާ