މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ

 
 

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޕްރޮޖެކްޓް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އޮފީސް:

މިނިސްޓްރީ އޮފް ޓޫރިޒަމް

ޑިވިޜަން:

--

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ޓޫރިޒަމް، ވެލާނާގެ، 5 ވަނަ ފަންގިފިލާ

ސެކްޝަން

ޑިވޮލޮޕްމެންޓް

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

އެމް. އެސް. 1

 

 

 

މަޤާމުގެ ޝަރުޠު:

1. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. ޓޫރިޒަމް މެނޭޖްމަންޓް/ ޕްރޮޖެކްޓް މެނޭޖްމަންޓް މިއިން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

- ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައްޔާއި ތަރައްޤީކުރެވެމުންދާ ތަންތަނުގައި އިމާރާތްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކާއި އެހެނިހެން ލިޔެކިޔުންތައް ޗެކުކޮށް، ބޭނުންވާ ހުއްދަތައް ދޫކުރުމާއި، މިކަމާ ގުޅޭ ކަންތައްތަކުގައި އިދާރީގޮތުން އެހީތެރިވެދީ ރެކޯޑް ބެލެހެއްޓުން.

- ފަތުރުވެރިކަމުގެ މަސައްކަތަށް ތަރައްޤީކުރެވިފައިވާ ތަންތަނުގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި، ފެންވަރު މަތިކުރުމުގެ މަޝްރޫޢުތަކާބެހޭ މުޢާމަލާތްތައް ކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ސެކްޝަނަށް އަންނަ ސިޓީތަކަށް، ވެރިއެއްގެ އިރުޝާދުގެދަށުން ޖަވާބުދީ، އޭގެ ލިޔެކިޔުންތައް ބެލެހެއްޓުން.

- ޑިއުޓީ މާފުކުރުމާބެހޭ އައު އުސޫލުގެދަށުން އިދާރީ މަސައްކަތްކުރުމާއި، އައު އުސޫލުގެދަށުން ހަވާލުކުރެވިފައިވާ ރަށްތަކުގެ ޑިއުޓީ މާފުކުރުމުގެ ކަންތައްކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ޑިވެލޮޕްމެންޓާ ބެހޭގޮތުން ރާވަންޖެހޭ އިންސްޕްކްޝަންތައް ރާވައި، ރިޕޯޓް ތައްޔާރުކުރުމާއި، ރެކޯޑް ބެލެހެއްޓުން.

- ރިޒޯޓްތަކުގެ ލޭންޑް އޭރިޔާއާ ބެހޭގޮތުން ކުރަންޖެހޭ ސަރވޭތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ބެލެހެއްޓުން.

- ރިޒޯޓްތަކުގެ ކޮންސެޕްޓާއި އެހެނިހެން ކުރެހުންތައް އިވެލުއޭޓްކޮށް ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމާއި، ރެކޯޑް ބެލެހެއްޓުން.

އުޖޫރައާއި ޢިނާޔަތްތައް:

މުސާރައާއި، ސަރވިސް އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސް.

 

 

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2. ކޮމްޕިއުޓަރު ބޭނުންކުރަން އެނގުމާއި، އޮޓޯކޭޑް ޕްރޮގްރާމް ދަންނަ މީހެއްކަމުގައިވުން.

3. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން.

4. ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް މާލެއިން ބޭރަށްދެވޭ މީހެއްކަމުގައިވުން.

5. އިނގިރޭސިބަހުގެ ފެންވަރު ރަނގަޅު މީހެއްކަމުގައިވުން.

6. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިނިސްޓްރީގެ www.tourism.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.)

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް،  2016 ޖުލައި 5 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް (ވެލާނާގޭގެ، 5 ވަނަ ފަންގިފިލާ) ހުށަހެޅުން އެދެން.

 

އިންޓަވިއު:

- މި މަޤާމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާ އިންޓަވިއުކުރުން ހަމަޖެހިފައިވަނީ، ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާގެ ތެރޭގައި މިމިނިސްޓްރީގެ މީޓިންގ ރޫމުގައެވެ.

- އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަހުގެ ކުރިން އިންޓަވިއުއަށް އަންނަންވީ ވަގުތު އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި މިނިސްޓްރީގެ 3022200 ނަންބަރު ފޯނަށް ނުވަތަ 3022225 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ، 3322512 އެވެ.

18 ރަމަޟާން 1437

23 ޖޫން 2016
ހޯދާ