ހއ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ހޮސްޕިޓަލްގެ ރިސެޕްޝަން އޭރިޔާގައި ކައުންޓަރެއް ޖަހައި، ހަރުކޮށް، ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ހއ. އަތޮޅު ހޮސްޕިޓަލްގެ ރިސެޕްޝަން އޭރިޔާގައި ކައުންޓަރެއް ޖަހައި، ހަރުކޮށް، ބައެއް މަރާމާތުކުރުން:

ހއ. އަތޮޅު ހޮސްޕިޓަލުން ދޭ ކުރެހުމާ އެއްގޮތަށް ކައުންޓަރެއް ޖަހައި، ހަރުކޮށް، އަދި ރިސެޕްޝަން އޭރިޔާ ވަކިކުރުމަށްޓަކައި ޕާޓިޝަނެއް ޖަހައި، އެތަނުގައި ހުރި ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 04 ވާ ހޯމަ ދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 11:00 އަށް ހއ. އަތޮޅު ހޮސްޕިޓަލްގެ އިދާރީ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.       

22 ރަމަޟާން 1437

27 ޖޫން 2016
ހޯދާ