އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/240)ފ(24 ޖޫން 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ނ. ހޮޅުދޫގައި  ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ނ. ހޮޅުދޫ ޒުވާނުންގެ މަރުކަޒުގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

 #

 ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

 ވޯޓުފޮށި ބަހައްޓާ ރަށް/ތަން

D03.11.2

ނ. ހޮޅުދޫ - 2

މި ފޮށްޓަށް ވޯޓުލާނީ ހޮޅުދޫ ޙަސަންކަލޭފާނުމަގުން ދެކުނަށް، ކާމިނީމަގުން ހުޅަނގަށް، ޗާނދަނީ ހިނގުމުން ދެކުނަށް، ޗާނދަނީމަގުން ހުޅަނގަށް، ޗާނދަނީގޯޅިން ދެކުނަށް، ލައިނޫފަރުމަގުން ހުޅަނގަށް އަދި ރަބީޢީހިނގުމުން ހުޅަނގު ސަރަހައްދުގައި ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި ހޮޅުދޫގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

 ނ. ހޮޅުދޫ

ޒުވާނުންގެ މަރުކަޒު

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

6 ޝައްވާލް  1434

13 އޮގަސްޓް 2013
ހޯދާ