މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ދ. ކުޑަހުވަދޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދ. ކުޑަހުވަދޫން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މިމިނިސްޓްރީގެ ނަންބަރު: (IUL)101-EP/1/2016/57 (9 މޭ 2016) އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

ދ.ކުޑަހުވަދޫން، ޖާގައިގެގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 800 ފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ޤަބޫލުކުރެވޭނެއެވެ.

އަގު ހުށަހެޅޭނެ ފަރާތްތައް

 1. 800 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
 2. އެހެން ޢިމާރާތަކާ ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ބިމުގެ ޖާގައިގެ ގޮތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
 3. އެއްބުރިއަށްވުރެ ގިނަބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތަކީ ލިފްޓު ހުރި ޢިމާރާތެއްނަމަ، އެ ޢިމާރާތުން 800 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.

ޢިމާރާތާބެހޭ މަޢުލޫމާތު

- ޢިމާރާތަކީ އާންމުންނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއް) ހުރި ޢިމާރާތަކަށް ވުން

- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ކޮޓަރިއެއް ހުރުން.

- ޢިމާރާތުގެ ބޮޑުމިން ގާތްގަނޑަކަށް 800 އަކަފޫޓު. (މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭވަރުގެ ޖާގަ)

- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.

- އޮފީސް އިމާރާތުގައި ދިދަ ނަގާނެ ދަނޑިއެއް ހުންނަންވާނެއެވެ.

ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.

- ޢިމާރާތަށް މަރާމާތެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ އިމާރާތުގެ ވެރިފަރާތުން ނެގުން

- މިހާރުގެ އޮފީސް އިމާރާތުގައިހުރި މިސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުން

ހުށަހަޅަންޖެހޭ ތަކެތި

 1. މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާގޮތް
 2. ޢިމާރާތުގެ ކުލި (މަހަކަށް).
 3. ކުއްޔަށް ދޭން ގަސްދުކުރާ މުއްދަތު (އަހަރުން)
 4. ކުއްޔަށް ދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)
 5. ކުއްޔަށް ދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ކަމުގައިވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 6. ކުއްޔަށް ދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުން ނޫން ފަރާތަކުންނަމަ ކުއްޔަށް ދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި، އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 7. ކުއްޔަށް ދިނުމަށް ގަސްތުކުރާ އިމާރާތް ހުރި ގޭގެ ރަޖިސްޓަރީ
 8. ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ އިމާރާތުގެ ކުރެހުން

އަގު ހުށަހެޅުން

 1. އަގު ހުށަހެޅުމަށްޓަކައި މަޢުލޫމާތުޝީޓާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރުން ލިބެން ހުންނާނެއެވެ.
 2. ހުށަހަޅާ އަގަށް ބިޑް ހުށަހަޅާ ދުވަހުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި އެއްވެސް ބަދަލެއް ގެނެސްގެން ނުވާނެއެވެ.

ޑެލިވަރީ

 1. މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
 2. ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދުދުވަސް ހިމަނައިގެން ދުވަހުންނެވެ.
 1. މާކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ

މާކްސް ދެވޭ ކްރައިޓީރިޔާ

މާކްސް ދެވޭ %

ތަފުސީލު

ފޯމިއުލާ

އަގު

50

 • ހުށަހަޅައިފައިވާ އަގަށް ދޭ މާކްސް
 • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark price / Submitted price) X Allocate percentage

ތަނުގެ ބޮޑިމިން

10

 • ހުށަހަޅައިފައިވާ ތަނުގެ ބޮޑުމިނަށް ދޭ މާކްސް
 • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ބޮޑުތަނަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަނެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark size / Submitted size) X Allocate percentage

ޑެލިވަރީ ޕީރިއަޑް

10

 • ތަކެތި މިނިސްޓްރީއާ ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
 • މާކްސް ދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) X Allocate percentage

މަރާމާތަށް ވެރިފަރާތުން ޒިންމާ ނެގުން

20

 • އިމާރާތަށް ވަންނައިރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް މިމިނިސްޓްރީން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށް ވެރިފަރާތުން ޒިންމާ ނަގާނަމަ މިބަޔަށް %20 ލިބޭނެއެވެ.
 • If owner takes full responsibility for renovations 20% will be allocated for that bid
 

ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން

10

 • މިހާރު އޮފީސް ހިނގަމުންދާ އިމާރާތުގައިހުރި ފަރުނީޗަރު، އައު އޮފީސް އިމާރާތަށް ބަދަލުކޮށްދިނުމަށް ލިބޭނެއެވެ.
 • IF arrangements have been made for transferring furniture to new building  5% will be allocated
 

އަންދާސީހިސާބު ހުށަހެޅުން

 1. އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމު" އިންނެވެ. މި ފޯމު ހިމަނާފައިނުވާ ބިޑް ޕްރޮޕޯޒަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
 2. އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ،

މަލްޓިޕާރޕަސް ބިލްޑިންގ 1 ފްލޯރ،

ދ.ކުޑަހުވަދު،  ދިވެހިރާއްޖެ.

ފޯން ނަންބަރު: 6760538، 6760533

ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މިމިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ 6760533 ނުވަތަ 6760538 އާ ގުޅުއްވުން އެދެމެވެ. ނުވަތަ ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 ޖުލައި 2016 ވަނަ ދުވަހުގެ 11:00 އަށް ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

16  ރަމަޟާން 1437

21 ޖޫން 2016
ހޯދާ