މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކޯލް އެޓެންޑެންޓް (6 މަސްދުވަހަށް)

އިޢުލާން

މި މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމު

ކޯލް އެޓެންޑެންޓް (06 މަސް ދުވަހަށް)

ބޭނުންވާ އަދަދު

01

މުސާރަ

މަހަކު -/7610 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން

އޮފީސް އަދި ހޯމް ބޭސްޑް/ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ތަޢުލީމާއި ތަޖުރިބާ

1. ސޯޝަލް ސައިންސްގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކަށް ޖަވާބުދާރީވުމުގައި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތްކުރުން.
  2. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކުގެ ކޯލް ލޮގްގައި އަންނަ ކޯލްތަކުގެ ތަފުސީލު ރެކޯޑުކޮށް ބަލަހައްޓައި މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނާ ހިއްސާކުރުން.
  3. ކުޑަކުދިންނަށް ހިލޭ ގުޅޭނެ ނަންބަރު 1412 އަށް އަންނަ ފޯނު ކޯލުތަކާ ގުޅިގެން ހޯދަންޖެހޭ މުހިންމު މަޢުލޫމާތު އެއްކޮށް މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނާ ހިއްސާކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) އެކްރެޑިޓް ނުކުރާ ސެޓުފިކެޓު ހުށަހެޅިނަމަވެސް ބާޠިލުވާނެއެވެ.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރުު އޮންނަންވާނެއެވެ.)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭވަރުގެ ސާފު ކޮޕީ
  4. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

ސުންގަޑި

2016 ޖުލައި 05 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށް ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު އޮންނާނީ ޖުލައިމަހުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް އަދި، މި މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކޮންމެހެން ބޭނުންވާ ތަޢުލީމާއި ހުނަރަށް ބަލައި އިސްކަންދޭ ގޮތަށް އެފަރާތްތައް ޝޯޓް ލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި އަންނަނިވި ކަންތައްތަކަށް އިސްކަންދެވޭނެއެވެ.

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

- ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ދާއިރާގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތަކަށްވުން.

- ދިވެހި، އިނގިރޭސި ބަހުން މުޢާމަލާތްކުރުމާއި ލިއުމުގެ ޤާބިލުކަން ލިބިފައިވުން.

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3027523/3027549 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

20 ޖޫން 2016
ހޯދާ