މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2013 ވަނަ އަހަރު ދަނޑުވެރިންނަށް ސަބްސިޑީ ދިނުމަށް ހަމަޖެހިފައިވާ އުސޫލު

މިއީ، ދައުލަތުން 2013 ވަނައަހަރު ދަނޑުވެރިންނަށް ދިނުމަށް ކަނޑައެޅި ދަނޑުވެރިކަމުގެ ސަބްސިޑީ، ދަނޑުވެރިންއެމީހުންގެ އަމިއްލަ ފައިސާއިން ދަނޑުވެރިކަން ކުރާނެ ތަކެތި ގަނެ، އެތަކެތި ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށްފަހު ކަމާގުޅޭ ލިޔުންތައް ހުށަހެޅުމުން، ސަބްސިޑީގެ ގޮތުގައި އެ ދަނޑުވެރިއަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ، އެކަށައަޅާފައިވާ މިންވަރަށް އެފަރާތަކަށް އަނބުރާ ދިނުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރާނެގޮތް އެކަށައަޅާ އުސޫލެކެވެ.

1- ދައުލަތުން 2013 ވަނައަހަރު ދަނޑުވެރިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ސަބްސިޑީގެ ފައިސާ ދޫކުރާނީ، ސަބްސިޑީ އަށް އެދޭ ފަރާތްތަކުގެ ތެރެއިން ދަނޑުވެރިއެއްގެ ގޮތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި ރަޖިސްޓަރީ ކޮށްފައިވާ ދަނޑުވެރިންނަށެވެ. މިގޮތުން ސަބްސިޑީއަށް ފޯމު ހުށަހެޅުން ހުޅުވާލުމުން (މުއްދަތު) ގެ ނިޔަލަށް މިމިނިސްޓްރީގައި ރަޖިސްޓަރީ ކޮށްފައިވާ ދަނޑުވެރިންގެ މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓު(www.fishagri.gov.mv) ގައި ޢާންމުކުރެވޭނެއެވެ. ދަނޑުވެރިކަމުގެ ސަބްސިޑީއަށް އެދި ހުށަހަޅަންވާނީ ފޯމު "2013 ވަނަ އަހަރުގެ ދަނޑުވެރިކަމުގެ ސަބްސިޑީއަށް އެދި ހުށަހަޅާ ފޯމު" މިމިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން މިމުއްދަތުގެ ތެރޭގައި ލިބެން ހުންނާނެއެވެ.

2- ދަނޑުވެރިކަމުގެ ސަބްސިޑީއަށް އެދޭ ފަރާތުގައި ހުންނަންޖެހޭ ޝަރުޠުތައް:

ހ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި ދަނޑުވެރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ކަމުގައިވުން.

ށ. ސަބްސިޑީއަށް އެދި ހުށަހަޅާ އަހަރުތެރޭ ދަނޑުވެރިކަން ކުރާ ފަރާތެއް ކަމުގައިވުން.

3- ދަނޑުވެރިކަމުގެ ސަބްސިޑީއަށް އެދި ޖަދުވަލު 1 ގައިވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ހ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ށ. ސަބްސިޑީގެ ފައިސާ ޖަމާކުރަންޖެހެނީ ދަނޑުވެރިޔާގެ އެކައުންޓަށްނަމަ، ދަނޑުވެރިޔާގެ ބޭންކް އެކައުންޓުގެ ތަފުސީލު "ދަނޑުވެރިޔާގެ އެކައުންޓް ނަންބަރުގެ ތަފުސީލާއި އިޤުރާރު":(އެކައުންޓް ހުޅުވާފައިވާ ފަރާތުގެ ނަން، އައިޑީ ކާޑް ކޮޕީ، އެކައުންޓު ނަންބަރު، ބްރާންޗުގެ ނަން)

ނ. ސަބްސިޑީގެ ފައިސާ ޖަމާކުރަންޖެހެނީ ދަނޑުވެރިޔާގެ އެކައުންޓަށް ނޫންނަމަ، ދަނޑުވެރިޔާ ވަކި ފަރާތަކަށް ސަބްސިޑީ ފައިސާ ޖަމާކުރަން އެދޭކަމުގެ ލިޔުމާއި އެފަރާތުގެ އެކައުންޓް ނަންބަރުގެ ތަފުސީލު" އެފަރާތެއްގެ ބޭންކް އެކައުންޓުގެ ތަފްޞީލް: (އެކައުންޓް ހުޅުވާފައިވާ ފަރާތުގެ ނަން، އައިޑީ ކާޑް ކޮޕީ، އެކައުންޓު ނަންބަރު، ބްރާންޗުގެ ނަން)

ރ. ސަބްސިޑީގެ ފައިސާ ޖަމާކުރަންޖެހޭ ބޭންކު އެކައުންޓްގެ ތަފުސީލު ދީފައިވާ ފަރާތުން ތަފުސީލު ދީފައިވާ އެކައުންޓަށް ފައިސާ ޖަމާކުރި "ޑިޕޮސިޓް ސްލިޕް" ގެ އަސްލު (ޖަދުވަލު 2 ނުވަތަ ޖަދުވަލު 3) އާއެކު ހުށަހެޅުން.

4- ސަބްސިޑީ ފައިސާ ހޯދަން ހުށަހެޅުން:

ހ. ސަބްސިޑީ ފައިސާ ހޯދުމަށް ފޯމާއެކު 5 ވަނަ ނަންބަރުގައިވާ ލިއުންތައް ހުށަހަޅަންވާނެއެވެ. ސަބްސިޑީއަށް އެދި ހުށަހެޅޭނީ ކޮންމެ ދަނޑުވެރިޔަކަށްވެސް 1 ފަހަރުއެވެ.

5- ދަނޑުވެރިކަމުގެސަބްސިޑީގެ ފައިސާ އަށް އެދި ހުށަހަޅާ  ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުން، ދަނޑުވެރިކަމުގެސަބްސިޑީގެ ގޮތުގައި ދިނުމަށް ކަނޑައަޅާފައިވާ ފައިސާ ދަނޑުވެރިޔާގެ ނުވަތަ ދަނޑުވެރިޔާ އެދިފައިވާ ފަރާތުގެ ބޭންކް އެކައުންޓަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ޖަމާކޮށްދޭނެއެވެ.

  1. ދަނޑުވެރިކަމުގެ ތަކެތި ގަތުމަށް ކުރި ޚަރަދުގެ ތަފުސީލު (ދަނޑުވެރިކަމުގެ ތަކެތި ގަތް ރަސީދުގެ އަސްލު). މިގޮތުން ރަސީދު ވާންވާނީ ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށް މިނިސްޓްރީ އޮފް އިކްނޮމިކް އެންޑް ޑިވެލޮޕްމަންޓްއިން ހުއްދަ ނަންގަވައިގެން އެފަދަ ވިޔަފާރިއެއް ކުރައްވާ ފަރާތެއްގެ ސޮއި އަދި ތައްގަނޑު ޖެހި ރަސީދަކަށެވެ. މިގޮތުން ގަނެފައިވާ ތަކެއްޗަކީ " 2013 ވަނަ އަހަރު ދަނޑުވެރިންނަށް ދެވޭ ސަބްސިޑީ ފައިސާ ބެހޭ ގޮތް (އިދާރީ ކަރުދާސް) " ގެ 5 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ތަކެތި ގަތުމަށް ކޮށްފައިވާ ޚަރަދަށް ވާންވާނެއެވެ.
  2. ސަބްސިޑީ ފައިސާ ދަނޑުވެރިޔާގެ އެކައުންޓަށް ނުވަތަ ދަނޑުވެރިޔާ އެދޭ ފަރާތުގެ އެކައުންޓަށް ޖަމާ ކޮށްދޭނީ ސަބްސިޑީގެ ގޮތުގައި ލިބޭ ފައިސާއާއި ބެހޭގޮތުން އެފަރާތުން އިޤުރާރުވާންޖެހޭ ލިޔުމުގައި ދަނޑުވެރިޔާއާއި ރަށުކައުންސިލްގެ އިދާރާ، ނުވަތަ ސިޓީ ކައުންސިލްގެ އިދާރާއިގައި ނުވަތަ މިމިނިސްޓްރީގައި އިޤްރާރުވެ މިމިނިސްޓްރީއަށް އެއިޤްރާރު ލިބުމުންނެވެ.

6- ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި ދެވޭ މިންވަރު:

ދަނޑުވެރިކަމުގެ ސަބްސިޑީގެ ގޮތުގައި ދޫކުރެވޭނީ މި އުސޫލުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންވެފައިވާ ގޮތަށް މިމިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ދަނޑުވެރިންގެ ތެރެއިން، ކޮންމެ ދަނޑުވެރިޔަކަށް ޖުމުލަ -/3،300 (ތިން ހާސް ތިން ސަތޭކަ) ރުފިޔާއެވެ.

19 އޮގަސްޓް 2013
ހޯދާ