އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު A)CA-2013/231)ފ(8  ޖުލައި 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.

2013 ސެޕްޓެންބަރު 07 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި  ގއ. ކޮލަމާފުށީގެ ބަހައްޓާ 2 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު ގެނައުމަށް ހަމަޖައްސާފައިވާތީ، ގއ. ކޮލަމާފުށީގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

#

ވޯޓުފޮށީގެ ނަންބަރު

ވޯޓުފޮށީގެ ނަން

ވޯޓުލާ ސަރަޙައްދު

 ވޯޓުފޮށި ބަހައްޓާ ރަށް/ތަން

1

P01.01.1

ގއ. ކޮލަމާފުށި -1

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ ހުޅަނގު ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ގއ. ކޮލަމާފުށި

ގއ. އަތޮޅު މަދަރުސާ ހޯލުގެ އިރުމަތީކޮޅުގައި

 2

P01.01.2

ގއ. ކޮލަމާފުށި -2

މި ފޮށްޓަށް ވޯޓުލާނީ ކޮލަމާފުށީ އަމީނީމަގުގެ އިރުމަތި ސަރަޙައްދުގައިވާ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ކޮލަމާފުށީގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ މީހުންނެވެ.

ގއ. ކޮލަމާފުށި

ގއ. އަތޮޅު މަދަރުސާ ހޯލުގެ ހުޅަނގުކޮޅުގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

4 ޝައްވާލް  1434

11 އޮގަސްޓް 2013
ހޯދާ