އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިބަރ އޮޕްޓިކް ކޭބަލް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެ

ބިޑް ނަންބަރު: AI/BID/2016/028

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ކުންފުނިން އިޢުލާން ކުރި ބިޑް ނަންބަރު: AI/BID/2016/022 ގެ މަޢުލޫމާތު ސެޝަނަށް އެކަށީގެންވާ ވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ، މި ބިޑް ކެންސަލްކޮށް އަލުން އިޢުލާން ކުރަމެވެ.

މި ކުންފުންޏަށް ތިރީގައި މިވާ ޚިދުމަތް ހޯދަން ބޭނުންވެއެވެ.

މި ކުންފުނީގެ އޮފީސް އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ 1 ވަނަ ފްލޯރ އިން އުމަރު ޝޮޕިންގ އާރކޭޑް ބިލްޑިންގްއަށް ފައިބަރ އޮޕްޓިކް ކޭބަލް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވާ ފަރާތްތަކުން 23 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މިކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން މިކުންފުންޏަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

19 ޖޫން 2016
ހޯދާ