މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން ޅ. ނައިފަރުގައި އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޅ. ނައިފަރުން އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ

މި މިނިސްޓްރީން ކުރި ނަންބަރު: (IUL)101- AF/1/2016/84 (31 މޭ 2016) އިޢުލާނަށް އެކަށީގެންވާވަރަށް އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް އޮފީސް އިމާރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.

700 އަކަފޫޓަށްވުރެ ކުޑަނޫން އޮފީސް އިމާރާތެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ޅ.ނައިފަރުން ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. މިތަނަކީ ޢިމާރާތެއްގެ ތިރީބުރި ކަމަށްވިޔަސް އަދި ވަކިން ހުރި ޢިމާރާތަކަށްވިޔަސް ނުވަތަ އެއްބުރިއަށްވުރެ ގިނަބުރި ހުރި ޢިމާރާތަކަށް ވިޔަސް ގްރައުންޑް ފްލޯރއިން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ލިބޭކަމަށްވާނަމަ ގަބޫލުކުރެވޭނެއެވެ.

އަގު ހުށަހެޅޭނެ ފަރާތްތައް

 1. 700 ފޫޓަށްވުރެ ކުޑަނޫން، ވަކިން ހުރި ޢިމާރާތަކަށްވުން. ނުވަތަ
 2. އެހެން ޢިމާރާތަކާ ގުޅިފައިހުރި ޢިމާރާތަކަށް ވީނަމަވެސް ޢިމާރާތުގެ އެންމެ ތިރީ ބައިން ޖާގައިގެ ގޮތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ތަނަކަށްވުން. ނުވަތަ
 3. އެއްބުރިއަށްވުރެ ގިނަ ބުރިއަށް ޢިމާރާތްކޮށްފައިވާ ޢިމާރާތަކަށްވެފައި އެންމެ ތިރީބައިން ޖާގައެއް ލިބެން ނެތްނަމަ، އެ ޢިމާރާތުން 700 އަކަފޫޓަށްވުރެ ކުޑަނޫން ޖާގައެއް ކޮންމެވެސް އެއް ބުރިއަކުން ލިބުން.

ޢިމާރާތާބެހޭ މަޢުލޫމާތު

- ޢިމާރާތަކީ އާންމުނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށްހުރި އަދި ރަށުގެ މައި ސަރަހައްދެއްގައި (ރެޒިޑެންޝަލް އޭރިއާއެއްގައި) ހުރި ޢިމާރާތަކަށް ވުން.

- ޢިމާރާތުގެ އެތެރޭގައި އޮފީސްބައިގެ އިތުރުން، ކައުންޓަރ އޭރިއާއަކާއި ފާޚާނާ އަދި ގިނަވެގެން 4 ނުވަތަ 5 މީހުންގެ ބައްދަލުވުމެއް ބޭއްވޭނެ ފަދަ ތަނަކަށް ވުން.

- ޢިމާރާތުގެ ބޮޑުމިން މަދުވެގެން 700 އަކަފޫޓު. ( މަދުވެގެން 6 މުވައްޒަފުން މަސައްކަތްކުރުމަށް މޭޒު، ފައިލިންގ ކެބިނެޓް، ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމުކުރެވޭ ވަރުގެ ޖާގަ)

- ޢިމާރާތް މަދުވެގެން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވެންވާނެއެވެ.

ތިރީގައިވާ ކަންތައްތަކަކީ މިނިސްޓްރީން އިވެލުއޭޝަންގައި ބަލާނެ ކަންތައްތަކެވެ.

- ޢިމާރާތް މަރާމާތުކުރަން ޖެހިއްޖެ ހާލަތެއްގައި މިކަމުގެ ޒިންމާ ޢިމާރާތުގެ ވެރިފަރާތުން ނެގުން

- އޮފީސް ބަންދު ގަޑީގައާއި ބަންދު ދުވަސްދުވަހު އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން

- މިހާރުގެ އޮފީސް އިމާރާތުގައި ހުރި މި ސެންޓަރުގެ ފަރުނީޗަރު އައު އިމާރާތަށް ބަދަލުކޮށްދިނުމުގެ އިންތިޒާމް ހަމަޖައްސައިދިނުން

ހުށަހަޅަންޖެހޭ ތަކެތި

 1. މަތީގައި ބަޔާންކޮށްފައިވާ 3 ގޮތުގެ ތެރެއިން، ބިޑް ހުށަހަޅާ ފަރާތުން ހުށަހަޅާ ގޮތް

 2. ޢިމާރާތުގެ ކުލި (މަހަކަށް).

 3. ކުއްޔަށްދޭން ގަސްދުކުރާ މުއްދަތު (އަހަރުން)

 4. ކުއްޔަށްދޭން ގަސްދުކުރާ ޖާގައިގެ ކުރެހުން (ދޮރުތަކާއި ކުޑަދޮރުތަކާއި ވެންޓިލޭޝަން އެނގޭނޭގޮތަށް)

 5. ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންކަމުގައި ވާނަމަ ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 6. ކުއްޔަށްދޭން ގަސްދުކުރަނީ ޢިމާރާތުގެ ވެރިފަރާތުންނޫން ފަރާތަކުންނަމަ ކުއްޔަށްދިނުމުގެ ބާރު އެފަރާތަށް ލިބިދޭ ލިޔުމާއި އެފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އަގު ހުށަހެޅުން

 1. އަގު ހުށަހެޅުމަށްޓަކައި "ބިޑް ހުށަހަޅާ ފޯމު" ބޭނުންކުރައްވާށެވެ. ބިޑު ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. މި ފޯމު މިނިސްޓްރީގެ ވެބްސައިޓް އަދި ޅ.ނައިފަރު ބިޒްނަސް ސެންޓަރއިން ލިބެން ހުންނާނެއެވެ.

ޑެލިވަރީ

 1. މަސައްކަތް ހަވާލުކުރާތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި (ބަންދު ދުވަސް ހިމަނައިގެން) ނިންމަންވާނެއެވެ.
 2. ޑެލިވަރީ މުއްދަތު އޮންނަންވާނީ ބަންދު ދުވަސް ހިމަނައިގެން ދުވަހުންނެވެ.

މާރކްސް ދިނުމުގައި ކަނޑައެޅިފައިވާ ކްރައިޓީރިޔާ

މާރކްސްދެވޭ ކްރައިޓީރިޔާ

މާރކްސްދެވޭ %

ތަފްސީލް

ފޯމިއުލާ

އަގު

50

 • ހުށަހަޅައިފައިވާ އަގަށްދޭ މާކްސް
 • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark price / Submitted price) X Allocate percentage

ތަނުގެ ބޮޑިމިން

10

 • ހުށަހަޅައިފައިވާ ތަނުގެ ބޮޑުމިނަށް ދޭ މާރކްސް
 • މާކްސް ދެވޭނީ ހުށަހަޅާ އެންމެ ބޮޑުތަނަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ ތަނެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark size / Submitted size) X Allocate percentage

ޑެލިވަރީ ޕީރިއަޑް

10

 • ތަކެތި މިނިސްޓްރީއާއި ހަވާލުކުރެވޭނެ މުއްދަތަށް ދޭ މާކްސް
 • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ.

(Benchmark Delivery / Submitted Delivery) X Allocate percentage

މަރާމަތަށް ވެރިފަރާތުން ޒިންމާ ނެގުން

20

 • އިމާރާތަށް ވަންނަ އިރު އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް މިމިނިސްޓްރީއިން ބޭނުންވާ ގޮތަށް ބަދަލުކޮށްދިނުމަށް ވެރިފަރާތުން ޒިންމާނަގާނަމަ މިބަޔަށް 20% ލިބޭނެއެވެ.

If owner takes full responsibility for renovations 20% will be allocated for that bid

ފަރުނީޗަރު އައު އޮފީހަށް ބަދަލުކުރުން

10

 • މިހާރު އޮފީސް ހިނގަމުންދާ އިމާރާތުގައިހުރި ފަރުނީޗަރު، އައު އޮފީސް އިމާރާތަށް ބަދަލުކޮށްދިނުމަށް 10% ލިބޭނެއެވެ.

If arrangements have been made for transferring furniture to new building  10% will be allocated

އަންދާސީހިސާބު ހުށަހެޅުން

 1. އަންދާސީހިސާބު ހުށަހަޅާނީ "ބިޑް ހުށަހަޅާ ފޯމް" އިންނެވެ. މި ފޯރމް ހިމަނާފައިނުވާ ބިޑް ޕްރޮޕޯސަލް މި މިނިސްޓްރީއަކުން ބަލައިނުގަނެވޭނެއެވެ.
 2. އަންދާސީހިސާބު ހުށަހަޅަންވާނީ ތިރީގައިވާ އޮފީހަށެވެ. އަދި ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.

ޅ.ނައިފަރު ބިޒްނަސް ސެންޓަރ

ފާދިއްޕޮޅު އަތޮޅުގެ

ޅ.ނައިފަރު، ދިވެހިރާއްޖެ.

ފޯން ނަންބަރު: 6620350, 6620351

ކުއްޔަށް ހިފާނެ ތަނެއް ނިންމުމުގައި ބަލާނީ ހުށަހަޅާފައިވާ ޢިމާރާތްތަކަށް ބެލުމަށްފަހު މި މިނިސްޓްރީން ބޭނުންވާ ކަންތައްތައް ފުރިހަމަވުމާއެކު އެންމެ ކުޑަ އަގެއް ހުށަހަޅާފައިވާ ފަރާތެކެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 30 ވަނަ ދުވަހު 11:30 އަށް ޅ. ނައިފަރު ބިޒްނަސް ސެންޓަރަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6620351 އާ ގުޅުއްވުން އެދެމެވެ.

11 ރަމަޟާން 1437

16 ޖޫން 2016
ހޯދާ