އަމީނިއްޔާ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު:                އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:          އެސިސްޓަންޓް އޮފިސަރ ގްރޭޑް 1

ރޭންކް:               ޖީ.އެސް 3

މަސައްކަތް ހަމަޖެހިފައިވާ ތަން:  އަމީނިއްޔާ ސްކޫލް 

 ބޭނުންވާ ޢަދަދު:         01

 މުސާރަ:             -/4465 ރ.

 ސަރވިސް އެލަވަންސް:    -/1500 ރ.

ޝަރުޠު:

މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ

ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓު އިމްތިޙާނުން ' ދިވެހި' މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލަށް ލިބޭ ސިޓީ، ނޯޓު، ޗިޓް، ބިލް ފަދަ އެންމެހައި ލިޔުންތައް ބަލައިގަނެ އެ ތަކެތި ދުވަހުން ދުވަހަށް އެންޓްރީކޮށް ޕްރިންސިޕަލްގެ އަރިހަށް ގެންދިއުން

  2. އަންނަ ފޯންކޯލުތަކަށް ޖަވާބުދާރީވުމާއި ރަނގަޅު މަޢުލޫމާތު ދެވޭނެ ފަރާތްތަކަށް ވަގުތުން ފޯނު ޕާސްކޮށްދިނުން.

  3. އޮފީހަށް އަންނަ މެހެމާނުން ބަލައިގަތުމާއި އެކިބޭފުޅުންނާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރުމުގެ އިންތިޒާމު ވަގުތުން ހަމަޖެއްސުން.

  4. ގަޑިޖެހިގެން ސްކޫލަށް އަންނަ ދަރިވަރުންގެ ސްލިޕް ފުރިހަމަކޮށް ބެލެނިވެރިޔާއަށް ގުޅުމަށްފަހު އެ ދަރިވަރަކާ ހަވާލުވެ ހުންނަ ލީޑިންގ ޓީޗަރަށް ވަގުތުން ފޮނުވުން.

  5. ދަރިވަރުންގެ ލީވިންގ ސެޓުފިކެޓު ތައްޔާރުކުރުން.

  6. ދަރިވަރުންނާ ހަވާލުކުރުމަށް ބެލެނިވެރިންގެންނަ ތަކެތި މަސައްކަތު މީހަކު ލައްވައި ވަގުތުން ކްލާހަށް ފޮނުވުމާއި ކުދިން ނިމޭގަޑީގައި ބެލެނިވެރިންނާ ގުޅަންބޭނުންވާ ދަރިވަރުންނަށް ގުޅޭނެ އިންތިޒާމު ވަގުތުން ހަމަޖެއްސުން.

  7. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަންޖެހޭ ތަކެތި:       

- ވަޒީފާއަށް އެދޭ ފޯމު

- އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީގެ އެޓެސްޓް ކުރެވިފައިވާ އަސްލު

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ފޮޓޯކޮޕީ

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

- ވަޒީފާ އަދާކުރައްވާފައިވާނަމަ ވަޒީފާ އަދާކުރެއްވި މުއްދަތު އެނގޭގޮތަށް ވަޒީފާ އަދާކުރެއްވި އޮފީހުގެ ލިޔުމެއް

ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  2016 ޖޫން 29 ވަނަ ދުވަހުގެ 14.00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު އަމީނިއްޔާ ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:   ފޯން:  3008736 

ފެކްސް: 3313726

- ވަޒީފާއަށް އެދޭ ފޯމު އަމީނިއްޔާ ސްކޫލުން ލިބެންހުންނާނެއެވެ.

ނޯޓް: މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިޔު އޮންނާނީ ޖުލައި 3 ގެ ފަހުގެ ތާރީޚެއްގައި އަމީނިއްޔާ ސްކޫލްގައެވެ.

11 ރަމަޟާން 1437

 

16 ޖޫން 2016
ހޯދާ