މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ރާއްޖެތެރޭގެ ކަސްޓަމަރުންނަށް ގޭސް ފޯރުވައިދިނުމާބެހޭ

މިހާރަކަށް އައިސް ރާއްޖެތެރޭގެ ގިނަ އަދަދެއްގެ  ކަސްޓަމަރުން، އެފަރާތްތަކުގެ ގޭސްފުޅިތައް މާލެއިން ލިބޭގޮތް ހަދައިދިނުމަށް އެދެމުންދާތީ ދަންނަވަމެވެ.

ގޭސް ބޭލުމަށްޓަކައި މާލޭގެ ހާބަރު ސަރަޙައްދުން ވަކި ތަނެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން، މާލޭގެ އާބާދީއަށް ގޭސް ފޯރުވައިދިނުމުގައި މިހާރުވެސް ދަތިތަކެއް ހުރުމާއި، އަދި މިކުންފުނީގެ އޮޕަރޭޝަން ހަމަޖެހިފައިވާ ގޮތުން، ކ.ތިލަފުށްޓަކީ، މިކުންފުނީގެ ޕްރޮޑަކްޝަން ސައިޓަށްވާތީ، ކުރިންވެސް މިކުންފުނިން އިޢުލާންކޮށްފައިވާނޭފަދައިން، ރާއްޖެތެރޭގެ ކަސްޓަމަރުންނަށް ފަސޭހައިން އަދި އަވަހަށް ޚިދުމަތް ފޯރުވައިދިނުމަށްޓަކައި، މިފަރާތްތަކުގެ ފުޅިތަކަށް ގޭސް އަޅައިދިނުމާއި، ގޭސް ދޫކުރުމުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށިންނެވެ.

ވީމާ، ރާއްޖެތެރެއިން ވަޑައިގަންނަވާ މިކުންފުނީގެ ހުރިހާ ކަސްޓަމަރުންވެސް، ގޭސް ހޯއްދެވުމަށް، ފުޅިތަކާއެކު، ތިލަފުށްޓަށް ވަޑައިގެން ޚިދުމަތް ހޯއްދެވުމަކީ، މިކުންފުނިން އެދޭގޮތްކަމުގައި ދަންނަވަމެވެ.

މިކަމުގައި ތިޔަ ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަކީ މިކުންފުނީގެ ވަރަށްބޮޑު އެދުމެކެވެ. އަދި މިކަމާ ގުޅިގެން، ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި، ނިހާޔަތަށް މަޢާފަށް އެދެމެވެ.

15 އޮގަސްޓް 2013
ހޯދާ