ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
ޓީވީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ށ. އަތޮޅު މަދަރުސާއަށް ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން:

ށ. އަތޮޅު މަދަރުސާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަދަރުސާއަށް 50 އިންޗީގެ 5 (ފަހެއް) ޓީވީ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖޫން 28 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާއަށް ހާޒިރުވެދެއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "ޓީވީ ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

އަދި ދަންނަވަމެވެ. 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އޮންނަ މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުވެނުލައްވާ އަދި މަޢުލޫމާތުކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

13 ރަމަޟާން 1437

15 ޖޫން 2016
ހޯދާ