ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބައު ތަކެތި (ގޮނޑި،ޕްރިންޓަރ ފަދަ ތަކެތި) ވިއްކާލުމަށް

އިޢުލާން

ބޭނުންކޮށްފައިހުރި ބައެއް ބައު ތަކެތި އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ވިއްކާލުން

މި ބޭންކުގައި ހުރި ބައެއް ބައު ތަކެތި (ގޮނޑި، ޕްރިންޓަރ ފަދަ ތަކެތި) ވިއްކާލުމަށް ނިންމާފައިވާތީ، މިތަކެތި ބައްލަވައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖޫން 2016 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މ.މިސުރުގަދަކޯޅި ގުދަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތަކެތި ބައްލަވައިގަންނަން ބޭނުންފުޅުވާ ފަރާތްތަކުން 21 ޖޫން 2016 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސީޓްރެކްސް ބިލްޑިންގުގެ 1 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންރޫމަށް އަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ބެލުން އޮންނާނީ އަގު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަގުތައް ބެލުމަށްފަހު އެންމެމަތީ އަގު ހުށަހެޅި ފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.

9 ރަމަޟާން 1437

14 ޖޫން 2016
ހޯދާ