މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓް (ލޯކަލް)– ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާކުރުމުގެ މަޝްރޫޢު

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓް  (ލޯކަލް)– ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢު

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މި މަޝްރޫޢުގެ ދަށުން މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓްކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)13-PMU/13/2016/95  އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މި މަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމާއި ހާމަކަންބޮޑު ގޮތެއްގައި ސެންޓްރަލް ގަވަރންމެންޓް ފައިސާއާބެހޭ މުޢާމަލާތްތައް ރިޕޯޓްކުރުމެވެ. 

މަތީގައި ދެންނެވިފައިވާ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާހަލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަން ވާނެއެވެ.

މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011 ގައި އާންމުކޮށް ޖުލައި 2014 ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލަނާ އެއްގޮތަށެވެ.

މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއިކުރެވޭނީ 1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައެވެ. އަދި މަޝްރޫޢަށް ބޭނުންވެއްޖެނަމަ، މަސައްކަތުގެ ފެންވަރާއި ފަންޑިންގއަށް ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެއެވެ.

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރްމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާއިޢުކުރެވިފައި ވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 23 ވާ ބުރާސްފަތި ދުވަހު 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ޙައްވާ ރިޝްދާ މުޙައްމަދު

ޕްރޮޖެކްޓް ކޯޑިނޭޓަރ

ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓްސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

އަމީނީމަގު،

މާލެ، ދިވެހިރާއްޖެ،

ޓެލެފޯން:3349322 ،3349266،

ފެކްސް:،3324432،

އީމެއިލް:    [email protected]

[email protected]

[email protected]         

 

15 ޖޫން 2016
ހޯދާ