ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކގެ ހިއްސާދާރުންނަށް 2015 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2015 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

2016 ޖޫން 04 ގައި ބޭއްވުނު މި ކުންފުނީގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 2015 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާއަކަށް -/57 (ފަންސާސް ހަތެއް) ރުފިޔާ ބެހުމަށް ފާސްކޮށްފައިވާތީ، 2016 ޖޫން 15 ވަނަ ދުވަހުން ފެށިގެން މި ފައިސާ ދޫކުރަން ފެށޭނެ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ހިއްސާގެ ފައިދާ ދޫކުރާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:15 އިން ފެށިގެން މެންދުރު 1:30 އާ ދެމެދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައި އޮފީހުންނެވެ.

ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 2016 ޖޫން 15 އާ ހަމައަށް ފައިސާ ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ހިއްސާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑު ކޮޕީ ނުވަތަ ހިއްސާގެ ސެޓުފިކެޓު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެ ފަރާތުގެ ނަމާއި އެޑްރެހާއި އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ހިއްސާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދައިން ހުށަހަޅުއްވާނަމަ، ހިއްސާދާރުގެ އައިޑީ ކާޑު ނުވަތަ ހިއްސާގެ ސެޓުފިކެޓުގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

ބޭންކް އެކައުންޓަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކްއަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މި ފޯމު ކުންފުނީގެ ވެބްސައިޓުންނާއި އަދި މައި އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމުތަކަށް ފޯމު ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ހަމަ މިއާއެކު، މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ ފައިދާ ނުނަންގަވާ ފަރާތްތަކުން އެ ފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް، ހަނދުމަކޮށް އަރުވަމެވެ.

03 ރަމަޟާން 1437

 

08 ޖޫން 2016
ހޯދާ