ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ދޯނި އަދި އިންޖީނު، ސިޓީލާ ނީލަމުގައި ވިއްކާލުމަށް

"ބޭންކުދޯނި 1" ރަޖިސްޓަރީ ނަންބަރު: C2858A-04 އަދި އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމާބެހޭ

ދޯނީގެ ތަފުސީލު:

ބާވަތް: ދޯނި

ނަން: ބޭންކުދޯނި 1

ރަޖިސްޓަރީ ނަންބަރު: C2858A-04

މުދަލުގެ ތަފުސީލު: ދިގުމިން: 14.500 މީޓަރ، ފުޅާމިން 4.000 މީޓަރ، ފުންމިން: 1.880 މީޓަރ، ޓަނޭޖް: 7.600

ވެރިފަރާތް: ބޭންކް އޮފް މޯލްޑިވްސް

ނޯޓް: މި ދޯނި ބަނދެފައިވަނީ ލަކުޑިންނެވެ. ދޯނި ވިއްކާލުމަށް ހަމަޖެހިފައިވަނީ ދޯނީގައިވާ އިންޖީނާއެކުގައެވެ. މި ދޯނި ރަޖިސްޓަރީ ކޮށްދީފައިވަނީ 29 ސެޕްޓެންބަރު 1997 ގައެވެ. މި އިޢުލާނު ކުރެވޭއިރު މި ދޯނި އޮތީ ބޭނުންކުރެވޭ ހާލަތުގައި، ތިނަދޫގައެވެ.

ނީލަމުގެ ތަފުސީލު:

ފެށޭއަގު: -/200،000 (ދެލައްކަ) ރުފިޔާ

މަދުވެގެން ހުށަހެޅޭނެ އަގު: -/20،000 (ވިހިހާސް) ރުފިޔާ

މުއްދަތު ހަމަވާ ތާރީޚު: 28 ޖޫން 2016 ގެ މެންދުރުފަހުގެ 01:30 އަށް

ބިޑް ހުޅުވާނެ ތަން: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ހެޑްއޮފީސް ބިލްޑިންގުގެ 05 ވަނަ ފަންގިފިލާގައި ހުންނަ ފެސިލިޓީސް ޔުނިޓަށެވެ.

މުއްދަތު ހަމަވާ ތާރީޚާ ހަމައަށް ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތު އެތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި ފަރާތްތަކުގެ ހާޒިރުގައި ސިޓީތައް ކަނޑައި އެންމެ މަތީއަގު އިޢުލާނު ކުރެވޭނެއެވެ.

ކޮންމެ ދުވަހެއްގެ އެންމެ މަތީއަގު މި ބޭންކުގެ ވެބްސައިޓް (www.bankofmaldives.com.mv) ގައި އިޢުލާންކުރެވި، ބްރާންޗްތަކުގެ ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ އެންމެ މަތީއަގު ކަމުގައި އިޢުލާނުކުރެވޭ އަގަށް ބަދަލެއް ނައިސް، އިޢުލާނުކުރެވޭ ތާރީޚުން ފެށިގެން 05 (ފަހެއް) ދުވަސް ވަންދެން (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ.

ނީލަން ނިންމުން:

ނީލަން ނިމުމުން އެންމެ މަތީއަގު ހުށަހަޅާފައިވާ ފަރާތަކަށް އެކަން އަންގާނެއެވެ. އެފަރާތަކަށް ނީލަން ނިމުނުކަން ބޭންކުން އަންގާ ތާރީޚުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި (ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި) ނުވަތަ ބޭންކުން އިތުރުކޮށްދެވޭ މުއްދަތެއްގެ ތެރޭގައި އެފަރާތަކުން ހުށަހެޅި ޖުމްލަ އަގަށްވާ ފައިސާ ބޭންކަށް ދައްކަވަންވާނެއެވެ. ނުދައްކަވައިފިނަމަ، އެ ހުށަހެޅުން ބާޠިލުކުރުމަށް ނުވަތަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު ބޭންކަށް ލިބިގެންވެއެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ބޭންކުން ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް ބޭންކުން އެންގުމުގެ ކުރިން ނީލަން ބާޠިލުކުރުމުގެ އިޚުތިޔާރު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

އަގު ހުށަހެޅުން:

ހުށަހަޅަންޖެހޭގޮތް: ތިރީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއެކު ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، 10:00 އާއި މެންދުރުފަހުގެ 01:30 އާ ދެމެދު މި ބޭންކުގެ ހެޑްއޮފީސް ބިލްޑިންގގެ 05 ވަނަ ފަންގިފިލާގައި ހުންނަ ފެސިލިޓީސް ޔުނިޓަށް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި "ބޭންކުދޯނި 1 ގަތުމަށް އެދި" މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

އަމިއްލަ ފަރުދެއްނަމަ:

- ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ބިދޭސީއެއްނަމަ ޕާސްޕޯޓުގެ ކޮޕީ)

ކުންފުންޏެއްނަމަ:  

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތްކުރައްވާނެ ފަރާތަކާއި ގުޅޭނެ ފޯނު ނަންބަރަކާއެކު، އަގު (ދިވެހިރުފިޔާއިން) ސާފުކޮށް ބަޔާންކުރައްވާފައިވާ ސިޓީއެއް

- ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ

- މި ނީލަމާ ގުޅިގެން ބޭންކާ މުޢާމަލާތްކުރައްވާނެ ފަރާތެއް އައްޔަންކުރައްވާފައިވާ ކުންފުނީގެ ޤަރާރު

- ކުންފުނީގެ މެމޮރެންޑަމް އަދި އާޓިކަލް އޮފް އެސޯސިއޭޝަން

އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް: ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ތިނަދޫ ބްރާންޗަށް (ފޯނު ނަންބަރު: 6841002، އީމެއިލް:[email protected]) ގުޅުއްވުން އެދެމެވެ.

ޝަރުޠު: މަތީގައި ބަޔާންކުރެވިފައިވާ ނީލަމުގައި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި މަސައްކަތްކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޭންކުގެ ބޯޑް ޑައިރެކްޓަރަކަށް، ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާޢިލާގެ ބޭފުޅަކަށް (އާޢިލާ މާނަކުރުމުގައި މައިންބަފައިން، ދަރިން، ފިރިން/އަނބިން، އެއްބަނޑު/ އެއްބަފާ ބޭފުޅުން، ހިމެނޭ ގޮތަށް) ނުވަތަ އެފަދަ ފަރާތެއް ހިއްސާދާރެއްގެ ގޮތުގައި ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ބައިވެރިއެއް ނުވެވޭނެއެވެ. ދެންނެވިފައިވާ ބޭފުޅުން ފިޔަވައި އެންމެހާ ފަރުދުންނަށް އަދި ކުންފުނިތަކަށް މި ނީލަމުގައި ބައިވެރިވެވޭނެއެވެ.

ކުރީގެ އިޢުލާންތައް: މަތީގައި ބަޔާންކުރެވިފައިވާ ދޯނި އަދި އިންޖީނު ވިއްކާލުމަށް މީގެ ކުރިންވެސް އިޢުލާނު ކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

05 ޖޫން 2016
ހޯދާ