މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ރަމަޟާންމަހަށް ޚާއްޞަކުރެވިގެން ބާއްވާ ކާބޯތަކެތީގެ ނައިޓް މާރކެޓުގެ ސްޓޯލްތައް ދޫކުރުން

އިޢުލާން

ރަމަޟާންމަހަށް ޚާއްޞަކުރެވިގެން ބާއްވާ ކާބޯތަކެތީގެ ނައިޓު މާރކެޓްގެ ސްޓޯލްތައް ދޫކުރުން

ރަމަޟާންމަހަށް ޚާއްޞަކުރެވިގެން "ރަމަޟާން ފްރެޝް" ގަ ނަމުގައި ކާބޯތަކެތީގެ ނައިޓް މާރކެޓެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މާރކެޓުގެ 30 ސްޓޯލް ހިންގުމުގެ ފުރުސަތު މި މިނިސްޓްރީއިން ހުޅުވާލާފައިވާތީ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

ވީމާ، ތިރީގައި ބަޔާންކުރާ ސްޓޯލްތައް ހިމެނޭގޮތުގެ މަތިން ކުރިއަށްދާނެ މި ނައިޓް މާރކެޓުގެ ސްޓޯލްތައް ނަންގަވަން ޝައުޤުވެރިވާ ފަރާތްތަކުން، ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

ރަމަޟާން ފްރެޝް މާރކެޓުގައި ހިމެނޭ ސްޓޯލްތައް

ކެޓަގަރީ ނަންބަރު

ސްޓޯލް

އަދަދު

 

ކެޓަގަރީ ނަންބަރު

ސްޓޯލް

އަދަދު

1

މޭވާ ސްޓޯލް

5

 

6

ކުކުޅު/ފްރޯޒަން މީޓް ސްޓޯލް

3

2

ތަރުކާރީ ސްޓޯލް

5

 

7

ވަގުތުން ހެދިކާ ވަގުތުން ހަދައިދޭ ސްޓޯލް

3

3

ކަދުރު ސްޓޯލް

1

 

8

ޖޫސް ގިރައިދޭ ސްޓޯލް

2

4

ފިޔާ/އަލުވި ސްޓޯލް

2

 

9

ޖޫސް ދަޅުތަކާއި ޕެކެޓް ސްޓޯލް

2

5

ފަރުމަސް/ކަނޑުމަސް ސްޓޯލް

3

 

10

ރަށްތަކަށް ޚާއްޞަކޮށްގެން ދޫކުރެވޭ ސްޓޯލް

2

11

ރެސްޓޯރަންޓް

2

 

މުހިންމު ކަންތައްތައް

ސްޓޯލްތަކަށް ފަރާތްތައް ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.

  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރެވިފައިވާ ވިޔަފާރިއަކަށްވުން.
  • ރަމަޟާން ފްރެޝްގެ މުއްދަތުގައި ބަރާބަރަށް ތާޒާކަމާއެކު ތަކެތި ސަޕްލައިކޮށްދެވޭނެ ފަރާތެއް ކަމުގައިވުން.

ފޯމު ހުށަހެޅުމުގެ ސުންގަޑި

ރަމަޟާން ފްރެޝްގެ ސްޓޯލްތައް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަންވާނީ ސިޓީއުރައެއްގައި "ރަމަޟާން ފްރެޝް ބާޒާރު" މިފަދައިން ޖެއްސެވުމަށްފަހު، 2016 ޖޫން 5 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:30 އަށް މި މިނިސްޓްރީއަށެވެ. ފޯމު ބަލައިގަތުން އޮންނާނީ މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ރޫމުގައެވެ.

‏26 ޝަޢުބާން 1437

02 ޖޫން 2016
ހޯދާ