އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
'ޑިއު ޑިލިޖަންސް' ރިޕޯޓާ ގުޅޭ

ދެންނެވުން

ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތަކާއި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކުންފުނިތަކުގެ "ޑިއު ޑިލިޖަންސް" ހެދުމުގެ މަސައްކަތް، އެކި ފަރާތްތަކުން ކުރަމުންދާއިރު، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ނަންބަރު:4/93) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވައިދުތަކުގެ ދަށުން އެ ކުންފުންޏާ ގުޅޭގޮތުން ބަލަންޖެހޭ ކަންތައްތައްތައް ބެލުމަށް އެދި މި އެޖެންސީއަށް އަންނަނީ ހުށަހަޅަމުންނެވެ.  

މިފަދަ "ޑިއު ޑިލިޖަންސް" ރިޕޯޓުތަކަކީ އެ ކުންފުންޏެއްގެ ކުރިމަގުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ކުންފުނީގެ ނަމާ ގުޅިފައިވާ މުހިންމު މަޢުލޫމާތު ހިމެނޭފަދަ ރިޕޯޓުތަކެއް ކަމާއި ކުންފުނިތަކުގެ އެސެޓް ޓްރާންސްފަރކުރުމާއި ލޯނު ނެގުން ފަދަ ކަންކަމުގައި ކުންފުނިތަކުން ހުށަހަޅަންޖެހޭ މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ރިޕޯޓުތަކެއްކަމުން، ކުންފުނިތަކުން ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ނަމްބަރު:4/93) އާ ޚިލާފަށް މަސައްކަތެއް ކޮށްފައިވާނަމަ، އެ މަޢުލޫމާތެއް އެ ރިޕޯޓު ހައްދަވާ ފަރާތްތަކަށް މި އެޖެންސީން ފޯރުކޮށްދެމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

މިހެންކަމުން، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ނަންބަރު:4/93) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ހުރިހާ ކުންފުނިތަކުން ޢަމަލުކުރެއްވުމަކީ މިފަދަ ރިޕޯޓުތަކާ ގުޅޭގޮތުން ކުންފުނިތަކަށް މެދުވެރިވެދާނެ ގެއްލުން ހުއްޓުވުމުގައި މުހިންމު ކަމެއްކަމަށް ވުމާއެކު، ހުރިހާ ކުންފުނިތަކުންވެސް މިކަންތައްތަކަށް ސަމާލުކަންދެއްވުން އެދެމެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު (ނަންބަރު:4/93) އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ހޭލުންތެރިކުރުމާއި އިތުރު މަޢުލޫމާތު އެކި ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި އެޖެންސީން އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު، މި ފަދަ ކަންކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އެޖެންސީއަށް ގުޅުއްވުމުން އެ މަޢުލޫމާތު ލިބޭނެ ވާހަކަވެސް ދަންނަވަމެވެ.

30 މޭ 2016
ހޯދާ