ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބިލްޑިންގ ކޮންސްޓްރަކްޝަންގެ ދާއިރާއިން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު     

ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިއުލް ޝެޑްގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތުގެ ފެންވަރު ދެމެހެއްޓުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، އެ މަސައްކަތްތަކުގެ ފެންވަރު ބެލުމަށް ބިލްޑިންގ ކޮންސްޓްރަކްޝަންގެ ދާއިރާއިން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ބޭނުންވެއެވެ. 

ވީމާ، މަތީގައި ދެންނެވުނު މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖޫން 05 ވާ އާދީއްތަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖޫން 12 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. 

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 3331457 ނުވަތަ 3331453 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

 

31 މޭ 2016
ހޯދާ