ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ފުވައްމުލަކު ދިގުވާނޑު އަވަށުގައި ހިނަވާގެއެއް އެޅުމަށް ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ (އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރައްވާފައިވާ) ފަރާތްތަކުން 2016 ޖޫން 05 ވަނަ ދުވަހުގެ 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖޫން 09 ވަނަ ދުވަހުގެ 13:00 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލުގެ މީޓިންގރޫމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމުސީލުކުރެވޭނީ އެންމެ ފަރާތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

23 ޝަޢުބާން 1437

30 މޭ 2016
ހޯދާ