މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިކުރުން، މި ޕްރޮގްރާމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިނގިއްޔަށް ޚާއްޞަކުރެވިގެން، ގެދޮރު ޢިމާރާތް ކުރުމަށް ދޫކުރެވޭ %20 ލޯނަށް އެދި ހުށަހެޅުމާބެހޭ

އިޢުލާން

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމުގެ ދަށުން، މާލެ، ހުޅުމާލެ އަދި ވިލިނގިއްޔަށް ޚާއްޞަކުރެވިގެން، ގެދޮރު ޢިމާރާތް ކުރުމަށް ދޫކުރެވޭ %20 ގެ އަމިއްލަ ހިއްސާއަށް ދޫކުރެވޭ ލޯނަށް އެދި ހުށަހަޅާ ފޯމު 2016 ޖޫން 01 ވާ ހޯމަ ދުވަހުން ފެށިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ www.gedhoruverikurun.gov.mv ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ފޯމު ދޫކުރެވޭނީ، ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކޮންމެ ކާޑަކަށް ފޯމެކެވެ.

ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2016 އިން 30 ޖޫން 2016 ގެ ނިޔަލަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2016 އިން 14 ޖުލައި 2016 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00 އިން 13:00 އަށެވެ. ރަމަޟާން މަހުގައި 11:00 އިން 13:00 އަށެވެ.

26 މޭ 2016
ހޯދާ