މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

ކޯޓް އޮފިސަރ (ދާއިމީ)

މަޤާމް:

މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

1 (އެކެއް)

ބޭނުންވާ އަދަދު:

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ މެޖިސްޓްރޭޓް ކޯޓް

މަސައްކަތް ކުރަންޖެހޭ ތަން:

މަހަކު -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

އަސާސީ މުސާރަ:

މަހަކު -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް:

އަސާސީ މުސާރައިގެ %20

ޖުޑީޝަލް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އިތުރުގަޑީގެ ފައިސާ:

- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން. ނުވަތަ؛

- މަސައްކަތުގެ  ފެންވަރުބެލުމުގެ  ނިޒާމުން  ވަޒީފާގެ  ކުރިއެރުން  ޙައްޤުވާ  މާކުހެއް  ލިބެމުންދިޔުމާއެކު،  GS2  ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އަސާސީ ޝަރުޠު:

- ކޯޓްރޫމުގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

- ހުށަހެޅޭ މައްސަލަތަކުގައި މުޢާމަލާތްކުރަންޖެހޭ ފަރާތްތަކާ މުޢާމަލާތްކުރުމާއި، މައްސަލަތަކުގައި އިދާރީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބެލުމާއި، މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުން.

- މައްސަލަތަކާ ގުޅޭ ރެކޯޑުތައް ބެލެހެއްޓުމާއި، ޤާނޫނީ ވަކީލުންގެ ރެކޯޑް ބެލެހެއްޓުން.

- މައްސަލަތަކާ ގުޅޭގޮތުން ރެކޯޑުކުރެވޭ ބަޔާންތައް ފަނޑިޔާރުގެ މަޝްވަރާގެމަތިން ލިޔެ، ބަޔާންތަކުގައި ސޮއިކުރުމަށްފަހު ސްކޭންކޮށްފައި ފައިލްކުރުން.

- މައްސަލަ ނިމުމުން، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކުރުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިޔާ ފޮތްތައް ބެލެހެއްޓުން.

- ހުށަހެޅޭ ވަރި / ކާވެނީގެ އިދާރީ މަސައްކަތްތަކާއި، ރެކޯޑްތައް ބެލެހެއްޓުން.  

- މައްސަލަތަކާ ގުޅިގެން ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ފޮނުވުމާއި، ކޮންމެ މީލާދީމަހެއް ނިމުމުން، އެ މަހެއްގެ ތަފާސްހިސާބު ރިޕޯޓް ފޮނުވުން.

- މައްސަލަތަކާ ގުޅިގެން ހާޒިރުކުރަންޖެހޭ ފަރާތްތަކަށް އަމުރު ފޮނުވުމާއި، ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމާއި، ޝަރީޢަތްތަކަށް ހާޒިރުކުރެވޭ ފަރާތްތަކަށް ޝަރީޢަތުގެ މަޖިލީހުގައި ޢަމަލުތައް ބަހައްޓަންވީގޮތް ބުނެދިނުން.

- މަތީގައި ބަޔާންވެފައިވާ ކަންކަމުގެ އިތުރުން، ވެރިއަކު އަންގަވާ، ކޯޓުގެ ރަސްމީ މަސައްކަތްތައް ކުރުން.

- ކޯޓުގެ އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައްޒަފަކާ ހަވާލުވެފައިވާ މަސައްކަތުގެ ތެރެއިން ވެރިޔަކު ހަވާލުކުރާ މަސައްކަތްތައް ފުރިހަމައަށް ކުރުމާއި،  ކޯޓުގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން މެޖިސްޓުރޭޓް ހަވާލުކުރާ މަސައްކަތް ކުރުމާއި، ކޯޓް ހުޅުވައި ލައްޕަން ޖެހިއްޖެނަމަ، އެ މަސައްކަތްވެސް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު، ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެއެވެ. އަދި www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު)

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖާހާފައިވާ އަސްލު)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރިޑިޓް ކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. (އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖާހާފައިވާ އަސްލު)

- އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިއުން ހުށަހަޅާނަމަ، މަޤާމުގައި ވީދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު، ލިޔުމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

2016 ޖޫން 2 ވަނަ ދުވަހުގެ 15:00 ގެ ކުރިން، ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމު، ފެކުހުން ނުވަތަ އީމެއިލުންވެސް ހުށަހެޅިދާނެއެވެ. ފެކުހުން ނުވަތަ އީމެއިލުން އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު އެޕްލިކޭޝަން ފޯމުގެ އަސްލު ހުށަހަޅަންވާނެއެވެ.

ސުންގަޑި:

- ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށްޓަކައި ޢަމަލީ އިމްތިޙާނެއް ދެވޭނެއެވެ.

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައިނުވާނަމަ، އެ ފޯމު ބާޠިލްވާނެއެވެ.

- މި މަޤާމަށް އެދި  ހުށަހަޅާ  ފަރާތަކީ މަޤާމުގެ  ޝަރުޠު  ފުރިހަމަވާ  މީހަކަށްވުމާއެކު،  ޝަރުޢީ  ދާއިރާގެ  މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގައި "ޝަރުޢީ ދާއިރާގެ ވަޒީފާއަށް ޢައްޔަންކުރެވޭ ޝަރުޠުތައް" ހަމަވާ މީހަކަށް ވާންވާނެއެވެ. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 70 ވަނަ މާއްދާގެ ކޮޕީއެއް ވަޒީފާއަށް އެދޭ ފޯމާއެކު ލިބޭނެއެވެ.

- އިތުރު މަޢުލޫމާތު ހޯދުމަށް ނ. ކުޑަފަރީ މެޖިސްޓްރޭޓް ކޯޓުގެ 6560563 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

 19 ޝަޢުބާން 1437

26 މޭ 2016
ހޯދާ