ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ފުވައްމުލަކު ދިގުވާނޑު މަސްޖިދުއްޞަފްވާ އާއި މަސްޖިދުލްހިދާޔާގައި މިދަންނަވާ މަސައްކަތް ކުރަން ބޭނުންވެއްޖެއެވެ.

  • ތަށިމުށި ކޮށައި ފެންވައިރިންގ މަރާމާތު ކުރުމާއި ތަށިމުށިޖެހުން. (މަސްޖިދުއްޞަފްވާގެ ފާޚާނާއާއި އިސްކުރުބަރީގައި)
  • ފެން ހިންދާ ވަޅު ރާނައި ބެހެއްޓުމާއި ހޮޅި ގުޅުން (މަސްޖިދުލްހިދާޔާގެ އިސްކުރުބަރީގެ ފެން ހިންދުމަށް)

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ (ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރައްވާފައިވާ) ފަރާތްތަކުން 29 މޭ 2016 ދުވަހުގެ 10:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ޖޫން 2016 ދުވަހުގެ 10:00 ގައި އަންދާސީހިސާބު ހުށަހެޅެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ފުވައްމުލަކު މާދަޑު ކައުންސިލްގެ މީޓިންގރޫމްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްސީލުކުރެވޭނީ އެންމެ ފަރާތެކެވެ.

މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެއެވެ.

16 ޝަޢުބާން 1437

23 މޭ 2016
ހޯދާ